ޚަބަރު

ހުޅުމާލެ ހޮސްޕިޓަލު ކޮވިޑް ފެސިލިޓީއަކަށް ބަދަލު ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ހުޅުމާލެ ހޮސްޕިޓަލު/ ފޮޓޯ: އަވަސް

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވަމުން އަންނަ އަދަދުތައް އިތުރުވެ، ފަރުވާ ދެމުންގެންދާ ފެސިލިޓީތައް ފުރެމުންދާތީ، ހުޅުމާލޭ ހޮސްުޕިޓަލު ޑައުންގްރޭޑުކޮށް ކޮވިޑް ފެސިލިޓީއަކަށް ބަދަލުކުރަން ނިންމައިފިއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ހާލަތު ނުރައްކާވެ ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާތީ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލު ޑައުންގްރޭޑްކޮށް އެތަން ކޮވިޑް ފެސިލިޓީއަކަށް ހެދުމަށް ނިންމާފައިވާ ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ، ކޮވިޑް ފެސިލިޓީއަކަށް ހުޅުމާލެ ހޮސްޕިޓަލު ހެދި ކަމުގައި ވިޔަސް، އެތަނުގައި ހޮސްޕިޓަލުން ދޭ ޚިދުމަތްތައް ދެމުން ގެންދާނެ ކަމަށެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 އަށް މިއަދު 1،091 މީހުން ފައްސިވެފައި ވެއެވެ. ނަމަވެސް، އޭގެ ތެރެއިން 300 މީހުންނަކީ މީގެ 48 ގަޑިއިރު ކުރިން ނެގި ސާމްޕަލްތަކެކެވެ. އަދި މިއަދު މުޅި ޖުމްލަ ކޮވިޑަށް ފައްސި ވެފައިވަނީ 791 މީހުން ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

Ads by Allied Insurance
  1. އެހެން ބަލިތައް

    އެހެން ބަލިތަކަށް ވެސް ފަރުވާ ދޭންޖެހޭ. އެކަމަށް ވިސްނައިގެން ކުރިޔަށް ގެންދޭ