ކޮވިޑް-19: ތުޅާދުއަށް އަރައި ފޭބުން މަނާ ކޮށްފި

ކޮވިޑް-19 އަށް ފައްސި ކޭސްތަކެއް ފެނި، ބ. ތުޅާދުއަށް އަރައި ފޭބުން މަނާކޮށްފިއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މިރޭ ވިދާޅުވީ، ތުޅާދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށާއި އެ ރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
"ދެން" އަށް އެނގިފައިވާ ގޮތުގައި ތުޅާދޫއިން 3 މީހަކާއި އުމުރުން 18 އަހަރު ނުވާ ކުޑަ ކުއްޖަކު ވަނީ ކޮވިޑް-19އަށް ފައްސި ވެފައެވެ.
ރާއްޖޭގައި މިދުވަސްވަރު ހަލުވިކަމާއެކު ކޮވިޑް-19 އެބަފެތުރެއެވެ. އެގޮތުން މިއަދު ވެސް 1،091 މީހުން ފައްސި ވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އޭގެތެރެއިން 791 މީހުންނަކީ މިއަދު ފައްސި ވީ މީހުން ކަމަށާއި 300 މީހުންނަކީ މީގެ 48 ގަޑިއިރު ކުރިން ސާމްޕަލް ނަގައި ނަތީޖާ ލިބުނު ފަރާތްތަކެއް ކަމަށް އެޗްޕީއޭއިން މިރޭ ވަނީ ބުނެފައެވެ.