މާލެއިން ފޮނަދުއަށް ދަތުުރުކުރި ބޯޓަކުން 8 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެ
މާލެއިން ލ.ފޮނަދުއަށް ދަތުރު ކުރި ބޯޓަކުން 8 މީހަކު ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
ފޮނަދޫ ހެލްތު ސެންޓަރުން ވިދާޅުވީ އިއްޔެ މާލެއިން ފޮނަދުއަަށް ދަތުރު ކުރި މަތަންގީ ބޯޓުގެ 8 ފަޅުވެރިންގެ ފަރާތުން ބަލީގެ އަލާމަތްތައް ފެނި ނެގި ސާމްޕަލްތަކުގެ ތެރެއިން އެ އެންމެން ވެސް ކޮވިޑް-19އަށް ފައްސިވެފައި ވާ ކަމަށެވެ.
އެ އަށް މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެހީންނާއި 5 ބިދޭސީންނެވެ.
މި ހަތަރު މީހުންނާއެކު އެރަށުން ކޮވިޑް-19އަށް ފައްސިވީ މީހުންގެ އަދަދު ވަނީ 26އަށް އަރާފައެވެ.
ކޮވިޑްގެ ނުރައްކާތެރިކަން މުޅި ރާއްޖެއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެ ނުރައްކާ އެންމެ ބޮޑަށް އޮތް އެއް ރަށަކީ ވެސް ފޮނަދުއެވެ. އެގޮތުން އެ ރަށާއި އެއްފަސްކޮށް އޮންނަ މާންދޫން އުފެދުނު ކްލަސްޓަރއެއްގެ އަސަރު ފޮނަދުއަށް ވެސް ފޯރައި އެ ރަށުން ގިނަ ޢަދަދެއްގެ ބަޔަކު ފައްސިވެފައި ވެއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ދަށުން ގިނަ ގެތަކެއް މިހާރު ވެސް ކަރަންޓީނުގައި އެބަހުއްޓެވެ.