Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކޮވިޑުން ރައްކާތެރިވުމަށް ރައީސް ޔާމީން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވައިފި

ކޮވިޑުން ރައްކާތެރިވުމަށް ރައީސް ޔާމީން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ޖައްސަވައިފިއެވެ.

ރައީސް ޔާމީން ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުންނެވެ. ނަމަވެސް އެ މަނިކުފާނު ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލުން ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ޔާމީން ހުޅުމާލެ ހޮސްޕިޓަލަށް މިރޭ ވަޑައިގެންފައި ވަނީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުންނެވެ.

Advertisement
Ooredoo — Square (box)

މަނީ ލޯންޑަރިންގެ ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭ ބަންދުގައެވެ. އެމަނިކުފާނު ގެއަށް ބަދަލު ކޮށްފައި މިވަނީ މާފުށީ ޖަލުގައި މިވަގުތު ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސިވަމުން ދިޔުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ. ރައީސް ޔާމީން ގެއަށް ބަދަލު ކޮށްފައި ވަނީ އެއް މަސް ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް ޚަބަރު ލިބެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް