ޚަބަރު

ގޫގުލްއިން ބުނަނީ އެއް ޑޮލަރަކީ 790 ރުފިޔާ ކަމަށް

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް އެއް -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އެމެރިކާގެ ޑޮލަރެއްގެ އަގަކީ ރާއްޖޭގައި ބޭނުންކުރަމުން އަންނަ ލީގަލް ޓެންޑަރ، ދިވެހި ރުފިޔާގެ 790 ރުފިޔާ ކަމަށް ގޫގުލް އިން ދައްކައިފިއެވެ.

Ads by MWSC

ފައިސާގެ އަގު ކުއްލިއަކަށް ވެއްޓުމަށް މެދުވެރިވާ ބައެއް ސަބަބުތައް ހުރެއެވެ. މީގެ ތެރެއިން މައިގަނޑު އެއް ސަބަބަކީ އެ ޤައުމެއްގެ އެތެރޭގައި ދައުރުވާ އަމިއްލަ ފައިސާ ގިނަ ވުމާއި، ބޭނުން ކުރަން ހުންނަ ބޭރު ފައިސާގެ އަދަދު މަދު ވުމެވެ. ނުވަތަ ތަކެތީގެ އަގު އާދަޔާ ޚިލާފަށް މައްޗަށް ދިއުމެވެ.

ދިވެހި ރާއްޖޭގެ 2009 ވަނަ އަހަރާ ހަމައަށް މަރުކަޒީ ބޭންކުން ގެންގުޅެފައި ވަނީ ފިސްޑް އެކްސްޗޭންޖް ރޭޓް ނިޒާމެކެވެ. އޭރު 11.72 ރުފިޔާއަށް 1 ޑޮލަރު ލިބެއެވެ. ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ދުނިޔެއަށް އައި ގްލޯބަލް ފައިނޭޝިއަލް ކްރައިސިސްއާއެކު، ދިވެހި ރާއްޖޭގެ އެކްސްޗޭންޖް ނިޒާމް ސެމި-ފްލޯޓް ކޮށްލިއެވެ. އޭގެ ސަބަބުން ދިވެހި ފައިސާގެ އަގު ވެއްޓިގެންދިޔައެވެ. ނަމަވެސް ޤައުމުގެ އުފެއްދުންތެެރި ކަމާ އެއްވަރަކަށް އެކްސްޗޭންޖް ރޭޓް އެރިއެވެ.

މިހާ ބޮޑަށް ދިވެހި ފައިސާގެ އަގު ވެއްޓިފައިވާ ކަމަށް ގޫގުލް އިން ދައްކާފައި މިވަނީ މުހިންމު ކަންތައްތަކެއް ޤައުމަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވައިލުމަށް ފަހު ފަތުރުވެރިކަން ކިރިޔާ ކުރިޔަށް ޖެހިލިތަނުން ކޮވިޑް-19ގެ 4 ވަނަ ރާޅާއެކު ޓޫރިޒަމް އަނެއްކާ ވެސް މިވަނީ އަޑިއަޅައިލައިފައެވެ. އަނެއްކޮޅުން ކޮވިޑް-19 އާ ގުޅިގެން އިޤްތިޞާދު ހިފެހެއްޓުމަށް ކަމަށް ބުނެ ދެވަނަ ފަހަރަށް، ކޮންޓިޓޭޓިވް އީސިންގެ ދަށުން ރުފިޔާ ޗާޕް ކުރުމުގެ ހުއްދަ މަޖިލީހުން މިދިޔަ މަހު އެމްއެމްއޭއަށް ވަނީ ދީފައެވެ. މިހުއްދައަކީ އެއް އަހަރު ދުވަހަށް ރުފިޔާ ޗާޕް ކުރުމަށް ދީފައިވާ ހުއްދައެކެވެ.

ފައިސާގެ އަގު މިހާ ބޮޑަށް ވެއްޓިފައިވާ ކަމަށް ގޫގުލް އިން ދައްކާފައިވަނީ 7 މޭ އިން 10 މޭ އާ ދެމެދުގައެވެ. އަދި 10 މޭ ގެ ފަހުން ރޭޓަށް ބަަދަލެއް ނާދެއެވެ.

ގޫގުލް އިން ދައްކާގޮތުން ޑޮލަރުގެ އަގަކީ 790 ރުފިޔާ

ގޫގުލް އިން މިގޮތަށް ދެއްކި ނަމަވެސް ރާއްޖޭގައި ބޭނުން ކުރަމުން އަންނަ ރުފިޔާއަކީ ޑޮލަރާއި ޕެގް ފައިސާ އެކެވެ. މާނައަކީ ދިވެހި ރުފިޔާ، އެމެރިކާގެ ޑޮލަރަށް ބަދަލު ކުރާ ރޭޓަކީ އެއްވަރެއްގައި ހިފެހެއްޓިފައިވާ ރޭޓެކެވެ. މި ރޭޓް ބަދަލު ކުރުމުގެ ބާރު އޮންނާނީ ރާއްޖޭގެ މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ވެބްސައިޓުން ދައްކާ ގޮތުން ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް މާބޮޑު ބަދަލެއް އައިސްފައެއް ނުވެއެވެ. ސެމި-ފްލޯޓިންގް ރޭޓްގެ ދަށުން ރާއްޖޭގައި އެމެރިކާ ޑޮލަރު ދިވެހި ރުފިޔާއަށް ބަދަލު ކުރާ މިޑް ރޭޓަކީ، 12.85 އެވެ. ނަމަވެސް މި ރޭޓްއަށް 20 އިންސައްތަ އެއްކޮށް، އުނި ކުރެވެއެވެ. މާނައަކީ އެކްސްޗޭންރޭޓް އުޅޭނީ 10.28 ރުފިޔާއާއި 15.42 ދެމެދުގެ އަދަދެއްގައެވެ.

އެކްސްޗޭންޖް ރޭޓް މިގޮތަށް ހުރި ނަމަވެސް ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓް މިވަނީ އަނެއްކާ ވެސް އުފުލިފައެވެ. މިހާރު ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ހުރީ 19 ރުފިޔާއަށެވެ. މިދިޔަ އަހަރު ޑޮލަރުގެ ރޭޓް 25 ރުފިޔާއަށް ވެސް އަރާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފަހަރެއްގައި ގޫގުލް އިން މިގޮތަށް ދައްކާފައި ވަނީ ސާވާރއަށް ދިމާވި މައްސަލައަކުން ކަމަށް ވެދާނެއެވެ. އެކްސްޗޭންޖް ރޭޓްގެ އަދަދުތައް ގޫގުލް އާ ހިއްސާ ކުރަނީ އެމެރިކާގެ ފައިނޭންޝިއަލް ކުންފުންޏެއް ކަމަށްވާ މޯނިންގްސްޓަރއިންނެވެ.

Ads by HDC
  1. މަރުކަޒު

    މަރުކޮސް ނުގޮވާ ހިމޭނުން ހުރިއްޔާ މާ ތާހިރުވާނެ.

  2. އަހުމަދު

    އެކަމަކ ޒެޑްއ.ކޮމ އިނ ދައްކަނ ފަނަރަަ ޕޮއިންްޓ ތިނެއ ހައެއ ފަހެއ ކަމަށް

  3. ޖަމީލް

    ހީވަނީ ގޫގަލް އަށް ކޮވިޑް އެރީހެން

  4. ޢިދްރީސް

    މި ހުސް އިބޫގެ ކަންތަކޭ. އެހީއަށް ލިބޭހާ ލާރިއެއް ކައިފަ، ޗާޕުކޮށްގެންވެސް ކައިފަ، އަނެއްކާވެސް ލާރި އެ ޗާޕު ކުރަނީ. ދެން ލާރީގެ އަގު ހަޤީޤަތުގައިވެސް ދަށްވެގެން ދާނެ. ސާވާ މައްސަލަ ޖެހުނަސް ގޫގަލްއިން އެބުނީ ތެދެއް.