ދުނިޔެ

އިޒްރޭލުން ދިން ހަމަލާ: ކުޑަ ކުދިން ހިމެނޭހެން ފަލަސްތީނުގެ 20އަށް ވުރެ ގިނަ މުސްލިމުން ޝަހީދުކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިޒްރޭލުގެ ނުބައި ޔަހޫދީ ސިފައިން، ގާޒާއަށް ދިން ވައިގެ ހަމަލާއާ ގުޅިގެން، 20އަށް ވުރެ ގިނަ ފަލަސްތީނު މުސްލިމުން ޝަހީދު ވެއްޖެއެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޝަހީދުވި މުސްލިމުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

Ads by Sosun Fihaara

މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ސަވާބު ހޯދުމަށް ފަލަސްތީނު މުސްލިމުން އަޅުކަން ކުރަމުން ދަނިކޮށް، އިޒްރޭލުން ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު މުސްލިމުން ހުކުރަށް ތިއްބައި އެ ނުބައި ޔަހޫދީން ވަނީ ޤުދުސްގައި ހުންނަ އަލްމަސްޖިދުލް އަޤްސާގައި އަޅުކަން ކުރަން ތިބި މުސްލިމުންނަށް ހަމަލާދީ އެތައް ބަޔަކު ޒަޚަމް ކޮށްލާފައެވެ.

މުސްލިމުންގެ އެންމެ މުޤައްދިސް ބިންތަކުގެ ތެރެއިން ތިންވަނައަށް ހިމެނިގެންވާ އަލްއަޤްސާއަށް އިޒްރޭލު ސިފައިން ވަނީ ރޭޑުކޮށް، އެ މިސްކިތްތަކުގެ ހުރުމަތް ކަނޑައިލައި އެތައް ގެއްލުންތަކެއް ވެސް ދީފައެވެ.

މިހަމަލާތަކާ ގުޅިގެން އިޒްރޭލު ސިފައިންނާއި ފަލަސްތީނު ރައްޔިތުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގާފައެވެ. އަދި އިޒްރޭލުން އެ ދިން ހަމަލާގެ ސަބަބުން ހަމާސް ޖަމާޢަތުން ވަނީ އިޒްރޭލަށް އަމާޒުކޮށް ރޮކެޓުތަކެއް ފޮނުވާފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އޭގެ ފަހުން ރޭ އިޒްރޭލުން ވަނީ ގާޒާއަށް ވައިގެ ހަމަލާތަކެއް ދީ، ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ޝަހީދުކޮށްލާ، ޒަޚަމް ވެސް ކޮށްލައިފައެވެ.

އަޅުކަން ކުރުމަށް ހުރަސް އަޅާ އިޒްރޭލު ސިފައިން އިއްޔެ ވަނީ މަސްޖިދުލް އަޤްސާއަށް ގަދަބާރުން ވަދެގަނެ، އެ މިސްކިތުގައި އަޅުކަން ކުރަން ތިބި މުސްލިމުންތަކަކަށް ހަމަލާ ދީފައެވެ. ހަމަލާ ދިނުމުގައި ކަރުނަ ގޭހާއި، ރަބަރު ބުލެޓާއި، ސްޓަނަރ ގަން ވެސް ބޭނުން ކޮށްފައިވެއެވެ. އެ ހަމަލާގައި ފަލަސްތީނުގެ 300 އަށްވުރެ ގިނަ މުސްލިމުން ޒަޚަމް ކޮށްލައިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!