ރެސިޕީ

ދެން ރެސިޕީ | ޕެންޑަން ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޕެންޑަން ނުވަތަ ރާނބާ ކޭކަކީ ވަރަށް މަދު އެއްޗެހި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވޭ މީރު ކޭކެވެ.

Ads by WAMCO

ބޭނުންވާ ތަކެތި:

  • 3 ޖޯޑު ރާނބާ ފަތް ( ކުދި ކޮށް ކޮށާފައި )
  • ½ ޖޯޑު ކާށި ކިރު
  • 2 މޭޒުމަތީ ސަމްސާ ފެން
  • 1 ޖޯޑު ފުށް
  • 2 ½ ސަމްމާ ބޭކިން ޕައުޑަރ
  • 2 ބިސް
  • ½ ޖޯޑު ހަކުރު
  • ½ ޖޯޑު ތެޔޮ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ 180 ޑިގްރީ އަށް އަވަން ހޫނު ކުރަން ޖައްސާށެވެ.

ދެން ރާނބާ ފަތް ކޮޅާއި، ކާށި ކިރާއި ފެން، މިކްސްޗަރަށް އަޅާ ރަނގަޅަށް ގިރާލުމަށް ފަހު ފުރާނާލާށެވެ. ފުރާނާލުމުން މަދުވެގެން 1/3 ޖޯޑު ލިބެންވާނެއެވެ.

އެއަށް ފަހު ބިހާއި ހަކުރު އަދި ތެޔޮ ރަނގަޅަށް ގިރާލާށެވެ. މިކަން ކުރުމަށް ހޭންޑް މިކްސްޗަރެއް ނުވަތަ އާދައިގެ ޖޫސް ގިރާ މިކްސްޗަރު ވެސް ބޭނުން ކުރެވިދާނެއެެވެ.

ދެން ފުށާއި ބޭކިން ޕައުޑަރ އެއްކޮށްލުމަށް ފަހު 4 ސަމްސަލުން، 4 ސަމްސަލުން ބިހާއި ހަކުރު ގެ މިކްސް އަށް އަޅަމުންގެންދާށެވެ. އަދި މީގެ ތެރެއަށް ކުރިން ހެދި ރާނބާ ފަތް ކިރު ކޮޅު ވެސް އެއްކޮށްލައި ރަނގަޅަށް ގިރާލާށެވެ.

ޓްރޭ އެއްގައި ތެޔޮ ކޮޅެއް އުނގުޅާމަށް ފަހު ކޭކް މިކްސް އޭގެ ތެރެއަށް އަޅާލައި 25 މިނެޓު ފިހެލާށެވެ. ކޭކް ފިހުނު ކަން ޔަގީން ކުރަން ޓޫތް ޕިކެއް ވެސް ބޭނުން ކުރެވިދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!