ޚަބަރު

ނަމާދުކުރާ ވަގުތު މިސްކިތުން ބޭރަށް އަޑު ނީވޭގޮތް ހަދަން ކުޅުދުއްފުށީ ކައުންސިލަށް އަންގައިފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ނަމާދުކުރާ ވަގުތުގައި މިސްކިތުން ބޭރަށް އަޑު ނީވޭ ގޮތަށް ހެދުމަށް އިސްލާމިކް މިނިސްޓްރީން ކުޅުދުއްފުށީ ކައުންސިލަށް އަންގައިފިއެވެ.

Ads by MWSC

މި މަހުގެ 9 ވަނަ ދުވަހު އިސްލާމިކް މިނިސްޓްރީން ކުޅުދުއްފުށީ ކައުންސިލަށް ފޮނުއްވި މެސެޖުގައި ވިދާޅުވެފައި ވަނީ ކުޅުދުއްފުށީ މިސްކިތްތަކުގައި ނަމާދު ކުރަމުންދާއިރު ބޭރަށް އަޑު ޖައްސާފައި ހުންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންކަމުން ބަންގިއާއި ގަމަތް ދިނުމަށް ފަހު ނަމާދު ކުރާ ގަޑީގައި މިސްކިތުން ބޭރަށް ތާޅަފިލީގެ އަޑު ނީވޭ ގޮތަށް ބެހެއްޓުމަށް މިނިސްޓްރީން އަންގާ ކަމަށް ވެސް އެ މެސެޖުގައި ބުނެފައި ވެއެވެ.

Ads by Allied Insurance
  1. ބޫރު

    މާއުނގޫ ދޫގަވެސް ދޫކޮށްފަ!

  2. ޢިބްރާހިމާ

    މި ލިޔުން މީހާއަށް ދީނުގައި މިކަން އޮންނަ ގޮތް ނޭނގޭއިރު ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިކަން ކުރީ ކީއްވެ.