ޚަބަރު

ތިން ބާރުގެ ވެރިންގެ ސެކިއުރިޓީ ކަށަވަރުކުރަން ރައީސް ޞާލިޙް އަންގަވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
President of Maldives
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް

ދައުލަތުގެ ތިން ބާރުގެ ވެރިންގެ ސެކިއުރިޓީ ކަށަވަރުކުރަން އެޓާނީ ޖެނެރަލްއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު އަންގަވައިފިއެވެ.

Ads by STELCO

ރައީސް އޮފީހުން ބުނީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް، ދައުލަތުން ދެމުން ގެންދާ ފުރިހަމަ ރައްކާތެރިކަމާއި ސަލާމަތްތެރިކަން އިތުރަށް ޔަގީން ކުރުމަށް ޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަވަހަށް ގެންނެވުމަށް އެޓާނީ ޖެނެރަލަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

ރައީސް ޞާލިޙް ވަނީ، މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ފުރިހަމަ ކުރެއްވެން ނެތްނަމަ، އާ ގާނޫނެއްގެ ބިލެއް އެކުލަވައިލައްވައިގެން ނަމަވެސް އެ ކަންކަަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އަންގަވައިފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ އޮންލައިންކޮށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް އެކަން މަޖިލީހުގެ މެންްބަރުންނާ ހިއްސާ ކުރެއްވި ކަމަށެވެ.

ތިން ބާރުގެ ވެރިންގެ ސެކިއުރިޓީގެ ކަންކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ރައީސް އަންގަވައިފައި މިވަނީ މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވާ ދަނޑިވަޅެއްގައެވެ. އެ ހަމަލާގައި އެމަނިކުފާނު ޒަހަމްވެވަޑައިގެން، އޭޑީކޭގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. މި ހަމަލާގައި ރައީސް ނަޝީދަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގެން، 16 ގަޑިއިރު ތެރޭގައި ވަނީ 4 އޮޕަރޭޝަނެއް ކޮށްފައެވެ. މިހާރު އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

  1. މާއްޓޭ

    ރައީސް ޔާމީންގެ ވެރިކަމުގައި ސެކިޔުރިޓީއަށް ފާޑުކީ ގޮތަށް، ވެރިކަމުން ފައިބައިފަ ސެކިޔުރިޓީއޭ ކިޔައިގެން ދެން އަނގަ ނުހުޅުވާތި… ސެކިޔުރިޓީގެ މުހިއްމުކަން ވިސްނިއްޖެއްނު ދޯ! މިީ ވަރަށް ވާހަކަ