ރެސިޕީ

ދެން ރެސިޕީ | ޗޮކްލެޓް ކަނަމަދު ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: ޓޫޑްލަސް ޑޫޑްލްސް

ބޭނުންވާ ތަކެތި:

ކޭކަށް:

Ads by Sosun Fihaara

150 ގުރާމު ކަނަމަދު (ކައްޗަށް ކޮށާފައި)
150 ގުރާމު ހަކުރު (މިކްސްޗަރުން މުގުރާފައި)
150 ގުރާމު ފުށް
1 މޭޒުމަތީސަމުސާ ބޭކިން ޕައުޑަރު
1 ސައިސަމުސާ ވެނީލާ އެސެންސު
2 ކުކުޅު ބިސް
1 މޭޒުމަތީސަމުސާ މާޖިރީން
2 ސަމްސާ ކޮކޯ ޕައުޑަރ
½ ޖޯޑު ލެކުނޯ މިލްކް ނުވަތަ ޑަޗް ލޭޑީ މިލްކް

ޗޮކްލެޓް ގްލޭޒްއަށް:

70 ގްރާމް ބަޓަރ
3/4 ދަޅު ގެރިކިރު
1 ސަމްސާ ކޮކޯ ޕައުޑަރ

ތައްޔާރުކުރާނެ ގޮތް:

ފުށާއި ބޭކިން ޕައުޑަރު އެއްކޮށްފައި ފުރައިނާލާށެވެ. ދެން މާޖިރީނާއި، ބިހާއި، ހަކުރު އެއްކޮށްފައި ހޭންޑް މިކްސަރަކުން ގިރާލުމަށް ފަހު ފުށާއި، ކިރު ފޮދު އަޅާލާށެވެ. އެ އަށް ފަހު، އަނެއްކާ ވެސް ގިރާލާށެވެ. ރަނގަޅަށް ގިރުމުން ކަނަމަދާއި ވެނީލާ އެސެންސު އެޅުމަށް ފަހު، ދެން ސަމުސަލަކުން ރަނގަޅަށް އެއްކޮށްފައި، ޓްރޭއަކަށް (ފުލުގައި ތެޔޮފޮދެއް ހާކާފައި) އެޅުމަށް ފަހު ފިހެލާށެވެ. ކޭކް ފިހެވުމުން ޗޮކްލެޓް ގްލޭޒް ގެ ހުރިހާ އިންރިޑިއަންޓްސް ރަނގަޅަށް އެއްކޮށްލުމަށް ފަހު ކޭކް މައްޗަށް އަޅައިލާށެވެ. އަދި މުގުރާފައި ހުރި ކަނަމަދު ކޮޅެއް މައްޗަށް އަޅާލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!