Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ނަޝީދު ޖަރުމަނަށް ފުރައި ވަޑައިގަތުމަށް ވަޑައިގަންނަވާތީ ހަތިޔާރާއެކު ސިފައިން މަގުތަކަށް

ރައީސް ނަޝީދު ޖަރުމަނަށް ފުރައި ވަޑައިގަތުމަށް ވަޑައިގަންނަވާތީ ހަތިޔާރާއެކު ސިފައިން މަގުތަކަށް

އިތުރު ފަރުވާ ހޯއްދެވުމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޖަރުމަނަށް ފުރާ ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ފުރާ ވަޑައިގަންނަވާ ވަގުތާ ދިމާކޮށް، އޭޑީކޭ ހިމެނޭ ސަރަހައްދުގައްޔާއި އެމަނިކުފާނުގެ މޮޓޯ ކޭޑް ދަތުރު ކުރައްވާ މަގުތަކުގައި ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. އަދި މުޅި މާލެއާއި، ބްރިޖް އަދި އެއާޕޯޓުގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަ ކޮށްފައެވެ. މަގުތަކުގައި ސިފައިން ދަނީ ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދު އިތުރު ފަރުވާއަށް ބޭރަށް ވަޑައިގަންނަވާތީ އޭޑީކޭއިން އެމަނިކުފާނު ޑިސްޗާޖް ކުރެއްވިކަން ވަނީ އަންގާފައެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/ADKHospital/status/1392713441505280000?s=20

ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑައިގަންނަވަނީ އެއާ އެމްބިއުލާންސެއްގައެވެ. ރައީސް ނަޝީދާ އެކު ބޭސްފަރުވާއަށް ޖަރުމަނަށް ވަޑައިގަންނަނީ، ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާ ދެބެންގެދެދަރި އަންހެން ބޭފުޅެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް