Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގަައި ބާއްވަން އުޅުނު ސައިކަލު ބުރެއް ފުލުހުން ހުއްޓުވައިފި

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާއާ ދެކޮޅަށް، ފަލަސްތީނުގެ ދިފާޢުގައި ބާއްވަން އުޅުނު ސައިކަލު ބުރެއް ހުއްޓުވައިފިއެވެ.

މިފަދަ ސައިކަލު ބުރެއް ހުއްޓުވިތޯ ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުން ވިދާޅުވީ، އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފަށް ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ހުއްޓުވައިފައިވާ ކަމަށެވެ. މި މެސެޖްގައި ފުލުހުން ވަނީ ކޮވިޑްގެ-19ގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، އެޗްޕީއޭގެ ގަައިޑްލައިންތައް ތަންފީޒުކުރަން ކުރަމުންްދާ މަސައްކަތްތަކަށް އާންމުން އެއްބާރުލުން ދިނުމަށް އެދިފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން ދަނީ ކެނޑިނޭޅި ބޮމުގެ ހަމަލާތައް ދެމުންނެވެ. މިކަން ކުށްވެރި ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރެލީތަކާއި މުޒާހަރާތައް ބާއްވަމުން އެބަދެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް