Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ނަޝީދު ބޭސްފަރުވާގެ ޚަރަދާއި ޖެޓްގެ ޚަރަދު ކުރީ ޖަރުމަނުގެ ސަރުކާރުން

ރައީސް ނަޝީދު ބޭސްފަރުވާގެ ޚަރަދާއި ޖެޓްގެ ޚަރަދު ކުރީ ޖަރުމަނުގެ ސަރުކާރުން

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި އެ މަނިކުފާނަށް ލިބުނު ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ޖަރުމަން ވިލާތަށް މިއަދު ފުރައިވަޑައިގެންނެވި އިރު، އޭނާގެ ހުރިހާ ހަރަދުތަކެއް ހަމަޖައްސައިފައި ވަނީ އެ ޤައުމުގެ ސަރުކާރުންކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ނަޝީދުގެ ސިއްޙީ ހުރިހާ ޚަރަދެއް ހަމަޖައްސާފައިވަނީ ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ކްރިސްޓިއަން ވޮން ސްޓެޓެން ކަމަށެވެ. އެ މަނިކުފާނުގެ ބޭސްފަރުވާގެ އިތުރުން އެ ގައުމަށް ވަޑައިގެންނެވި އެއާ އެމްބިއުލާންސްގެ ދަތުރުގެ ހަރަދު ވެސް ކުރައްވަނީ ސްޓެޓެން ކަމަށް މަޖިލީހުގެ އިދާރާ އިން ވިދާޅުވިއެވެ. ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގެންނެވީ ރިކަވަރީ އާއި ރިހެބިލިޓޭޝަން ފަރުވާއަށެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ ރޭޒާ ފުއްތަކަކާއި ހަމަލާ ދޭން ބޭނުން ކުރާ ބައެއް އެހެން ތަކެތިން ހަދާފައިވާ އައިއީޑީއެއް އެމަނިކުފާނު ކާރަށް އަރައި ވަޑައިގަންނަވަން އުޅުއްވި ވަގުުތު ގޮއްވައިލައިގެންނެވެ.

Advertisement
Allied — Dhen Online (box)

ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑައިގަންނަވަނީ އެއާ އެމްބިއުލާންސެއްގައެވެ. ރައީސް ނަޝީދާ އެކު ބޭސްފަރުވާއަށް ޖަރުމަނަށް ވަޑައިގަންނަނީ، ކޮއްކޯފުޅު އަދި މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާ ދެބެންގެދެދަރި އަންހެން ބޭފުޅެކެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް