ރައީސް ނަޝީދު ބޭސް ފަރުވާޔަށް ސަލާން ޖެހުމަކީ ދިވެހީންގެ އަގު ވައްޓައިލުން : މަލީހު
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލައިގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް ޓަކައި ޖަރުމަނަށް ވަޑައިގެންނެވުމުގައި އެ މަނިކުފާނުގެ ފަރުވާގެ ހަރަދު ޖަރުމަނުގައި ހުންނަ ރާއްޖޭގެ އޮނަރަރީ ކޮންސުލްއިން ދޭންޖެހުމަކީ ސަލާން ޖެއްސެވުން ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ބޭސް ފަރުވާޔަށް ސަލާން ޖެހުމަކީ ދިވެހީންގެ އަގު ވައްޓައިލުން ކަމަށާއި އެކަމަކީ ކަރަޕްޝަން ހުއްޓުވުމާ ބެހޭ ޤާނޫނުގެ އިޖްރަޢާތުތަކުގެ ތެރެއިން ކޮށްފައިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. މީގެ އިތުރުން މަލީހު ވަނީ ހުސްނުވާ އާސަންދަ ކާޑު ރައީސް ނަޝީދު ބޭނުން ނުކުރެއްވީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.
“ޕީޕީއެމްގެ ހުސްނުވާ އާސަންދަ ކާޑު ރައީސް ނަޝީދު ވޮލެޓްގަ އޮންނާނެ. އެ ކަމުނުދިޔައީ ކީއްވެ؟ އަވަސް ޝިފާއަކަށް އެދެން” މަލީހު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހާރު ޖަރުމަނަށް ވަޑައިގަތީ އެއަރ އެމްބިއުލާންސެއްގައެވެ. ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދު ދަތުރު ކުރެއްވި އެއަރ އެމްބިއުލާންސްގެ ޚަރަދާއި ޖަރުމަންވިލާތުގައި ބޭސްފަރުވާ ކުރެއްވުމުގެ ޚަރަދު ހަމަޖައްސަވާފައި ވަނީ ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށް ކަމަށެވެ.
އަދި މި ދަތުރުފުޅުގެ އެންމެހާ އިންތިޒާމުތައް ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޖަރުމަންވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޖަރުމަން ސަރުކާރުން ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުން ބުނެފައި ވެއެވެ.
ރައީސް ނަޝީދަށް މިހައިތަނަށް ފަރުވާ ދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެގޮތުން 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ކުރަން ޖެހުނު ކަމަށް އޭޑީކޭއިން ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވާ ކަމަށާއި ހަށިކޮޅުގެ މުހިންމު ގުނަވަންތައް ފޫއަޅުވާލި ކަމަށް ވެސް އޭޑީކޭއިން ބުނެފައިވެއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ. މި ހަމަލާ އަމާޒުވި ސީދާ ސަބަބެއް އަދި ނޭނގުނަސް ބޮޑަށް ގުޅެނީ ހަރުކަށި ފިކުރާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ތެދެއް މީނަ އަތުގަ ހުރި އެމްއެމްޕީއާރުސީގެ ލާރިންވެސް ތިއަ ބޭސްކިރެވިދާނެ
ރަގަޅު ގޮތެއް ނެތެއްނު. އެހެންނޫނީ ބުނާނެ އިގްތިސާދީ ތަދުމަޑުކަމެއްގައި އެތައް ބައެއްގެ ވަޒީފާގެއްލި ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައިވަނިކޮށް މާލިއްޔާގަ ހުރި ފައިސާކޮޅު ޚަރަދު ކުރަނީއޭ ކޮވިޑްގަ ބަލިވާމީހުން ބައިތިއްބާނެ ތަނެއްްނެތޭ ކިޔާ ހާސަރުތައް ދަމާނެއެވެ. ރާއްޖެއަށްވުރެ މާ ފުއްދުންތެރި ގައުމުތަކުގެ މަތީފަންތީގެ ބޭފުޅުންނަށް ކުރިއަރާފައިވާ ގައުމުތަކުން މިފަދަ ކަންކަމުގަ އެހީތެރިވެދެއެވެ.
ސަލަމްޖެހުމައްވުރެރައްޔިތުންގެފައިސަކޮލުޖިބައްލުންމަހަޑި
އަނގަނުގަޅާ ކަލޭ މައިތިރިވެބަލަ ، ލިސްޓްގައި ނަންއޮތީ ލާރިގަނޑު ނެގީމަ