ދުނިޔެ

ލާ އިންސާނިއްޔަތުކަން ހައްދުން ނައްޓައިފި, އިޒްރޭލުން ޝަހީދު ކޮށްލި ފަލަސްތީން މީހުންގެ އަދަދު 110 އަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ލާ އިންސާނީ ވައިގެ ހަމަލާތަކުގެ ސަބަބުން މިހައިތަނަށް ފަލަސްތީނުގެ 110 ރައްޔިތުން ޝަހީދުވެއްޖެއެވެ.

Ads by Sosun Fihaara

އުތުރު ޣައްޒާއަށް އަމާޒުކޮށް އިޒްރޭލުން ވަނީ 160 އެއާކްރާފްޓެއްގައި ހަމާސްގެ 150 ސަރަޙައްދަކަށް ވައިގެ ހަމަލާ ދީފައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި 40 މިނެޓު ވަންދެން ދިން އެ ހަމަލާގައި މުޅިއަކު 450 މިސޭލު އިޒްރޭލުން ފޮނުވާފައިވެއެވެ.

އިޒްރޭލުގެ ނުބައި ޔަހޫދީން ބުނެފައިވާ ގޮތުގައި، މި 450 މިސޭލަށް ފަހު، އެ ޤައުމުން ވަނީ ޣައްޒާއަށް 500 އާޓިލެރީ ބޮން ފޮނުވާލައިފައެވެ. އޭގެ ތެރެއިން ބައެއް ބޮމަކީ ގޮވާ ގޮތަށް ހަދާފައިވާ، އަނެއްބައި ބޮމަކީ ހުޅު ރޯކޮށްލާ ގޮތަށް ހަދާފައިވާ ބޮން ތަކެކެވެ. މިއީ "ފޮލޯ އަޕް" އެއްގެ ގޮތުން ދިން ހަމަލާއެއް ކަމުގައި ވެސް އިޒްރޭލުން ވަނީ ވަރަށް ފަޚުރުވެރިކަމާ އެކު ބުނެފައެވެ. މި ހަމަލާތަކުގެ ސަބަބުން އެއްވެސް މީހަކު ޒަޚަމްވި ކަމެއް އަދި ރިޕޯޓުކޮށްފައެއް ނުވެއެވެ.

ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްކޮޅު، އިޒްރޭލުން އެންމެ ފުރަތަމަ މަސައްކަތް ކޮށްފައި ވަނީ ޣައްޒާގެ ޝެއިޚް ޖައްރާގައި ދިރިއުޅެމުން ދިޔަ ހަތަރު އާއިލާއެއް، ގަދަކަމުން އެމީހުންގެ ގެދޮރުން ނެރެ އެތަނުގައި ވަޒަންވެރިވުމަށެވެ. އެކަމާ ދެކޮޅުހަދާ މުޒާހަރާ ކުރަމުން ފެށުމުން ނުބައި ޔަހޫދީ ސިފައިން ވަނީ މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދަށް މަސްޖިދުލް އަގްސާގައި މުސްލިމުން ތިއްބާ، ހަމަލާދީ އެތައް ބަޔަކު ޒަޚަމް ކޮށްލައިފައެވެ. ފަލަސްތީނުގެ ދިފާއުގައި ހަމާސް ޖަމާއަތުން ހަމަލަދީ، ހަނގުރާމައަކަށް ވާން ފަށާފައި މިވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ކަމަށް ބައެއް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ހަނގުރާމަ ފެށުމަށްފަހު މިހައިތަނަށް ފަލަސްތީނުގެ 110 މުސްލިމުން އިޒްރޭލުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެއެވެ.

އިޒްރޭލުގެ ހަމަލާތަކުން ދިފާއުވުމަށް ޓަކައި ޣައްޒާއިން ދިން ހަމަލާތަކުގެ ސަބަބުން ޔަހޫދީ ސިފައިންގެ ތެރެއިން ޒަޚަމްވެފައި ވަނީ އެންމެ ދެ މީހެކެވެ. ނަމަވެސް އިޒްރޭލުން ވަނީ ބައިނަލްއަގުވާމީ މީޑީއާގައި އެވާހަކަތައް ވަރަށް ބޮޑު ކޮށްލައިގެން ދައްކާ، ނިކަމެތިވަމުން އަންނަނީ ވެސް އެމީހުން ކަމަށް ބުނެ ދޮގު ޚަބަރު ފަތުރައިގެން، މީހުންގެ ފަރާތުން ހަމްދަރުދީ ހޯދަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!