ދުނިޔެ

ޝަހީދުވި ފަލަސްތީނު މީހެއްގެ އެންމެ ފަހު ޕޯސްޓު: އަހަންނަށް މާފު ކޮށްދެއްޗެވެ.

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އާންމު ދިރިއުޅުމުގައި އަހަރުމެން އަވަދިނެތި އުޅެމުންދާއިރު، ފާއިތުވީ ހަފްތާއެއްހާ ދުވަހު އަހަރެމެންގެ ލޮބުވެތި ފަލަސްތީނުގެ މުސްލިމު އަޚުންނާއި އުޚްތުން އަނެއްކާ ވެސް ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

Ads by Sosun Fihaara

އިޒްރޭލުގެ ޔަހޫދީ ސިފައިން ދަނީ ފަލަސްތީނުގެ ޣައްޒާގެ އެތައް ސަރަޙައްދަކަށް ހަމަލާދީ، އެތައް ބަޔަކު ޝަހީދު ކުރަމުންނެވެ.

އެގޮތުން ޝަހީދު ކޮށްލެވުނު އެއް ފަރާތަކީ ޔޫސުފް އަލް މަންސީއެވެ.

ޔޫސުފް ޝަހީދު ކޮށްލުމުގެ ކުރިން ފޭސްބުކްގައި އޭނާ އެންމެ ފަހުން ކޮށްފައިވާ ޕޯސްޓު މީސް މީޑިއާގައި މިހާރު އަންނަނީ ހަލުވިކަމާއެކު ދައުރުވަމުންނެވެ. އޭނާ ލިޔެފައި ވެއެވެ.

"މިއީ އަހަރުމެންގެ އެންމެ ފަހު ވަގުތުކޮޅު ކަމުގައި ވެދާނެއެވެ. ދެން އެމީހުން (އިޒްރޭލުން) ދޭ ހަމަލާއަކުން އަހަރުމެން ގަތުލު ވެސް ވެދާނެއެވެ. އަހަންނާ މެދު އެއްވެސް މީހެއްގެ ހިތުގައި އެއްވެސް ހިތްހަމަ ނުޖެހުމެއް އޮތްނަމަ، އަހަންނަށް މާފު ކޮށްދެއްޗެވެ. އަހަރެން ގަސްތުގައި އެއްވެސް މީހަކަށް ދެރައެއް ދޭކަށް ބޭނުމެއް ނޫނެވެ. މާތް ﷲ އީ އެއްކައުވަންތަ އިލާޙުކަމަށް އަޅުހެކިވަމެވެ. އަދި މުޙައްމަދު (ޞޢވ) އީ އެކަލާނގެ ރަސޫލާއެވެ. މާތް ﷲ ތައާލާއާ ބައްދަލުވުމަށް މަރުޙަބާއެވެ.(ތައްޔާރެވެ.)"

ޔޫސުފް މި ޕޯސްޓު ކުރިތާ މާ ގިނައިރުތަކެއް ނުވެ، އިޒްރޭލުން ދިން މިސޭލު ހަމަލާއެއްގައި އިއްޔެ އޭނާ ވަނީ ޝަހީދުވެފައެވެ. އެތައް ބަޔަކު ޔޫސުފްއާއެކު ފަލަސްތީނުން ޝަހީދުވެފައިވާ ހުރިހާ މުސްލިމު އަޚުންނާއި އުޚްތުންނަށް ހެޔޮ ދުޢާ ކުރެއެވެ.

ހައްދަވާ ބޮޑު ކުރެއްވި އިލާހެވެ. ނުބައި ޔަހޫދީ އިޒްރޭލުގެ ކިބައިން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުން ސަލާމަތް ކޮށްދެއްވާ، ނަޞްރު ދެއްވާނދޭވެއެވެ. އަދި މި ހަމަލާތަކުގެ ސަބަބުން މި ދުނިޔެއިން ވަކިވެގެން ގޮސްފައިވާ މުސްލިމު އަޚުންނާއި އުޚްތުންގެ ފުރާނަތަކަށް ހެޔޮ ރަޙްމަތްލައްވަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާނދޭވެއެވެ. އާމީން!

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!