ޚަބަރު

ހަރުކަށި ފިޔަވަޅުތަކާއެކު ކާފިއު އިތުރު 14 ދުވަހަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
Police, Male' Maldives

މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް އިތުރު 14 ދުވަހަށް ދިގު ދަންމައިލައިފިއެވެ.

Ads by STELCO

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމުގައި ވިދާޅުވެފައިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް މެއި މަހުގެ ތިންވަނަ ދުވަހު އެޅި ފިޔަވަޅުތައް ދެ ހަފްތާގެ މުއްދަތަށް އިތުރުކުރާ ކަމަށެވެ.

ފިޔަވަޅުތަކަށް ބަދަލު ގެނައުމަށް ފަހު މި މަހުގެ ތިންވަނަ ދުވަހު ނެރެފައިވާ އެންގުމުގައި ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް ކާފިއު ހިންގާނެ ކަމަށެވެ. ވެހިކަލް ދުއްވުން މަނާ ގަޑި ކަނޑައެޅުމުގެ އިތުރުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ހިދުމަތް ދިނުން އޮންްލައިން ކުރުމަށްވެސް ނިންމާދފައިވެއެވެ. އަދި މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.

އަދި ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނަލެވެ.

އެ އެންގުންތަކަށް ބަދަލު ގެނެސް ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އެގޮތުން މާލެ ސަރަހައްދުގައި  ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން ވަނީ މަނާ ކޮށްފައެވެ.

މީގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ޕޮލިސް ޕާމިޓާއެކު މެންދަމު 12އާ ހަމައަށް ޑެލިވަރީ އާއި ޓޭކްއަވޭގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ޑައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށް ވެސް އެ އުސޫލުގައި ބުނެއެވެ.

ފިޔަވަޅުތަކުގެ ތެރޭގައި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!