ކޯވިޑް-19 ދިފާޢު: ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު 140،000 އަށްވުރެ މައްޗަށް
ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން 140،000އަށް ވުރެ ގިނަ މީހުން ފުރިހަމަ ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 141،248 އަށް އަރައިފައެވެ. އަދި ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 302،688 އަށް އަރައިފައެވެ.
އެންމެ ފަހުން ވެކްސިން ދިން އަދަދުތަކަށް ބަލާއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް އަތޮޅުތަކުން 182 މީހަކު ޖަހާފައިވާއިރު މާލެ ސަރަހައްދުން އެއްވެސް މީހަކު ޖަހާފައެއް ނުވެއެވެ. އަދި ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުން 578 މީހުން ފުރިހަމަ ކޮށްފައިވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.
އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.
18 އަހަރުން މަތީގެ އާބާދީއަކީ ގާތްގަނޑަކަށް 4 ލައްކަ ކަމަށް ބެލެވޭއިރު (ބޭރު މީހުންނާއެކު) ވެކްސިން ތިޖެހުނީ 35% މީހުންނަށް.