ބޮން އެޅީ އިންޒާރަކާ ނުލާ، ޝަހީދުވީ އެއް އާއިލާއެއްގެ 8 ކުޑަ ކުދިންނާއި 2 އަންހެނުން

އިސްރާއީލުން ޣައްޒާއަަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތަކުގެ ދިފާއުގައި އެމީހުން ބުނަމުން އަންނަ އެއް ވާހަކަ އޮވެއެވެ. އެއީ އެމީހުން ހަމަލާ ދެނީ ކުރީބައިގައި ބުނެފައި ކަމަށާއި ހަމަލާ އަމާޒު ކުރަނީ އާއްމުންނަށް ނޫން ކަމަށެވެ. ނަމަވެސް މިއީ ދޮގެއްކަން މިވަނީ ކަށަވަރު ވެފައެވެ.
އިއްޔެ ހެނދުނު ޣައްޒާގެ ޝާތީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާ ދީފައިވަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައެވެ. އެސަރަަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނެފައި ވަނީ ހަމަލާ ދިން ކަން އެނގުނީ ބާރު އަޑު ފައްގަޑެއް އިވުމުން އެސަރަހައްދަށް ދިއުމުން ކަމަށެވެ.
މިހަމަލާގައި 10 މީހަކު ޝަހީދުވިއިރު، ޝަހީދުވި މީހުންގެ ތެރެއިން 8 މީހުންނަކީ ކުޑަކުދިންކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން 2 އަންހެނަކު މި ހަމަލާގައި ވަނީ ޝަހީދުވެފައެވެ. މިހަމަލާގައި އިތުރު 15 މީހުން ޒަޚަމްވެފައިވާއިރު، މީގެ ތެރޭގައި ވެސް ކުޑަކުދިން ހިމެނެއެވެ.

ހަމަލާގައި ޝަހީދުވި ބައެއް މީހުން
އިސްރާއީލުން ހަމަލާތައް އަމާޒު ކުރަނީ ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތުގެ މީހުން ދިރިއުޅޭ ތަންތަނަށް ކަމަށް ބުނި ނަމަވެސް ޣައްޒާގެ ހަމަލާތަކުގައި ގިނައިން ޝަހީދު ވަނީ ކުށެއްނެތް މައުސޫމް ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުންނެވެ.
މިހާރު އިސްރާއީލުން ފަލަސްތީނަށް ވިދިވިދިގެން ހަމަލާދޭތާ 7 ދުވަސް ވަނީއެވެ. މިހަމަލާތަކުގައި 150 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ އިރު، މީގެ ތެރޭގައި 47 ކުޑަކުދިން ވެސް ހިމެނެއެވެ.
މިރާއްޖެއަށްވެސް ތިކަން މާދުރަކުނެތް
މިނިވަންކަން ވިއްކާލަނީ…..