މުޅި ދުނިޔެ ފަލަސްތީނާއެކު: "ހަމަނުޖެހުމެއް ނޫނެވެ. ޤަތުލު އާންމެކެވެ."

އިސްރާއީލުގެ ސިފައިން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކަކީ ހަމަނުޖެހުމެއް ކަމަށް ހުޅަނގުގެ މީޑިއާތަކުން ސިފަ ކުރަމުންދާތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަަލަސްތީނާއެކު ތިބިކަން ރަމްޒުކޮށްދޭން ކުރަމުން އަންނަ މުޒާހަރާތަކުގެ ބައިވެރިންގެ ފާޑުކިޔުން އެ މީޑިއާތަކަށް އަމާޒުވެއްޖެއެވެ.
އިސްރާއީލުން ހިންގަމުން އަންނަ ލާއިންސާނީ މަންޒަރުތައް ، ހުޅަނގުގެ މަޝްހޫރު މީޑިއާތައް ކަމަށްވާ، ސީއެންއެން، ބީބީސީ، ރޮއިޓަރސް، ސްކައި-ނިއުސް ފަދަ ސަރުކާރުތަކުން ފަންޑުކޮށްގެން ހިންގާ މީޑިއާތަކުން ދުނިޔެއަށް ދައްކައިދޭން ވަނީ ނުކުޅެދިފައެވެ. މިއާއެކު ދުނިޔޭގެ އެކިކަންކޮޅުތަކުން މި މީޑިއާތަކަށް ދަނީ ފާޑު ކިޔުންތައް އަމާޒު ކުރަމުންނެވެ.
ތިރީގައި އެވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފަލަސްތީނާއެކު ތިބިކަން ރަމްޒުކޮށްދޭން ކުރިޔަށް ގެންދާ މުޒާހަރާތަކުގެ ފޮޓޯތަކެކެވެ.

އެމެރިކާ

ސައުތް އެފްރިކާ

ޕާކިސްތާން

ލަންޑަން

ތުރުކީ

ސޫދާން

ލުބްނާން