ކޮވިޑް19: އިތުރު މީހަކު ނިޔާވެއްޖެ، އަދަދު 99އަށް

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ދަރުމްވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
މިއީ މި ބަލީގައި ރާއްޖެއިން އިއްޔެ ނިޔާވި ފަސްވަނަ މީހާއެވެ. މިމަހުގެ މިހާތަނަށް ރާއްޖެއިން މިވަނީ 25 މީހުން މިބަލީގައި ނިޔާވެފައެވެ. އަދި މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާޥި 99 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون