އެމްއެންޑީއެފްގެ ބޮޑު ސްކްރީންގައި ފަލަސްތީނު ދިދަ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ހެޑް ކުއާޓާސް ބަންޑާރަ ކޮށީގައި ހުންނަ ބޮޑު ސްކްރީނުގައި ފަލަސްތީނުގެ ދިދަ އަޅުވައިފިއެވެ.
“ފަލަސްތީނާއެކު ދިވެހީން” މި ނަމުގައި ކެމްޕޭނެއް މިއަދު ކުރިއަށް ދިޔަ ކެމްޕޭންގައި ކެމްޕޭނުގައި ގިނަ އަދަދެއްގެ ދިވެހީން ވަނީ ބައިވެރިވެ ފަލަސްތީނުގެ ދިދަ ހިފައިގެން ގޭގެ ބެލްކަނީ ތަކަށް ނުކުމެފައެވެ.
މިކަމާ ގުޅިގެން މާލޭގެ މޭޔަރު މުހައްމަދު މުޢިއްޒު ވަނީ މީގެ ކުރީން ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓްގައި އެމަނިކުފާނު ވިދާޅުވީ ފަލަސްތީނު ރައްޔިތުންނާއެކު ދިވެހީން ތިބިކަން ދައްކުވައިދިނުމުގެ ގޮތުން އެމްއެންޑީއެފް އިމާރާތުގައި މާލޭގެ މަލަމައްޗާ ދިމާއަށް ވާ ގޮތަށް ހުންނަ ބޮޑު ސްކްރީނުގައި ފަލަސްތީނު ދިދަ ޑިސްޕްލޭ ކޮށްލަދެވިދާނެ ބާއޭ ހިތަށް އަރާ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދެމުން އަންނަ ލާއިންސާނީ ހަމަލާތަކަށް އެއްވެސް ފަސް ޖެހުމެއް ނެތި ދިވެހީން ދަނީ ބަސް ބުނެ އަޑު އުފުލަމުންނެވެ.
މިދިދާގަ ފެހިކުލާގެ ރޮގުގެ ބަފަލުގާ ކަޅުކުލަ ހުރީ ކީއްވެބާ؟
ދިދަ ނެގިޔަސް އަދި ނުފުދޭ ! އެމީހުންގެ ދިފާޢުގަ ހަނގުރާމަ ކޮށް އެމީހުން އަށް ދުއާކޮށް ދޭންވެސް ޖެހިފަ ދޯ މިއޮތީ!
ފޮޓޯ ނަގާފަ ހުރި އޭންގަލްއިން ފެންނަ ގޮތް