އިސްރާއީލާ ދެކޮޅަށް އެންމެން ތެދުވަން ޖެހޭ ، މިޞްރުން 500 މިލިޔަން ޑޮލަރުގެ އެހީ ޣައްޒާއަށް
އިސްރާއީލުން މިހާރު ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި އެޤައުމުގެ ގިނަ އިމާރާތްތަކެއް ބިމާ ހަމަވެފައިވާއިރު، ޣައްޒާ އަލުން އާރާސްތު ކުރުމަށް 500 މިލިޔަން ޑޮލަރުގެ އެހީ ދެއްވާނެ ކަމަށް މިސްރުގެ ރައީސް ޢަބްދުލް ފައްތާޙުއް ސީސީ ވިދާޅުވެއްޖެއެވެ.
އިސްރާއީލުން ހިންގަމުން އަންނަ ލާއިންސާނީ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓައިލުމަށް ގޮވައިލައްވަމުން ސީސީ ވިދާޅުވީ، ޣައްޒާ އާރާސްތު ކުރުމަށް މިޞްރުގެ ބޮޑެތި ކުންފުނިތަކުގެ އެހީވެސް ލިބޭނެ ކަމަށާއި މިޞްރު އޮތީ ފަލަސްތީނާއެކުގައި ކަމަށެވެ.
ފްރާންސްގެ ރައީސް އެމަނުލް މެކްރޮންއާއި އަދި އަދި އުރުދުންގެ ރަސްގެފާނު ކިންގް އަބްދުﷲ އާ ބައްދަލު ކުރެއްވުމަށްފަހު ޓީވީއަށް ދިން ބަސްދީގަތުމެއްގައި ސީސީ އިތުރަށް ވިދާޅުވީ، އިސްރާއީލުން މިހާރު ހިންގަމުން އަންނަ ހަމަނުޖެހުންތައް ވަގުތުން ވަގުތަަށް ހުއްޓާލަން ޖެހޭ ކަމަށާއި ކުށެއް ނެތް ރައްޔިތުން ހަމަލާތަކުގެ ޝިކާރައަކަށް ވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އިސްރާއީލުން މެދުކެނޑުމެއް ނެތި ޣައްޒާއަށް ހަމަލާދެމުން އަންނަތާ މިއަދަށް މިއީ 8 ވަނަ ދުވަހެވެ. އިސްރާއީލުގެ ހަމަލާތައް ފަލަސްތީނުގެ އުސް އިމާރާތް ތަކަށާއި ރެސްޓޯރެންޓް، ފިހާރަ ފަދަ ތަންތަނަށް ދަނީ އަމާޒުކުރަމުންނެވެ.
އިޒްރޭލުގެ ވައިގެ ހަމަލާތަކުން ފަލަސްީނުގެ 213 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި 61 ކުޑަކުދިން ހިމެނެއެވެ.
ތިބާގެ އަމަލުން ތިކަން ދައްކަވާ. ބޯރޑަރު ހުޅުއްވައި ދެެއްވަވާ. ވަގުތު ބޭކާރު ނުކުރައްވަވާ
އެންމެ ފުރަތަމަކަކީ ފަލަސްތީނުގެ ލޮބުވެތިއަޚުން ނާއި އުޚުތުން ހިމާޔަތްކުރުން ޔަހޫދީނާއި ހަގުރާމަކުރުން މަރުވެދާނެތީ މުދާގެއްލިދާނެތީ ބިރުނުގަތުން
ފައިސާކޮޅެއް ދިނަކަސް ނުފުދޭ، ތިޔަދޭ ފައިސާކޮޅުން ގެދޮރު ހަދާނިމޭއިރު އަނެއްކާ ބޮމްއަޅާ ސުންނާފަތި ކޮށްލާނެ، ޙައްލަކީ ފަލަސްތީންއަށް އަމިއްލަ ދަވްލަތެއް ގާެިމް ވުން، އެއިރުން ހަގުރާމަމަތީ ޖެޓް ތަކާ އެހެނިހެން ދިފާޢީ ހަތިޔާރު އެމީހުން އަތުގައިވެސް ތިބޭނެ،