ޚަބަރު

ކޮވިޑްގެ ހާލަތާ ގުޅިގެން ލަންކާއަށް އެތެރެވުން މަނާކޮށް ބޯޑަރު ބަންދު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަވައްޓެރި ޝްރީލަންކާގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރޭތީ އެ ޤައުމަށް އެތެރެވުން މަނާކޮށް ބޯޑަރު ބަންދު ކޮށްފިއެވެ.

Ads by MWSC

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ ކޮވިޑް-19 ގެ ހާލަތު ގޯސްވެ ލަންކާގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

އެގޮތުން މެއި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް އެ ގައުމަށް އެއްވެސް މީހަކަށް އެތެރެ ނުވެވޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ނިންމައި އެކަން ފޮރިން މިނިސްޓްރީއަށް އަންގާފައިވާ ކަމަށާއި އެެހެން ނަމަވެސް ސްރީލަންކާއިން އެހެން ގައުމުތަކަށް ދަތުރުތައް ކުރެވޭނެ ކަމަށް އަންގާފައިވާ ކަަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ލަންކާ ސަރުކާރުން މިފަދައިން ނިންމާފައިވާތީ ދިވެހިން ސަމާލުވުމަށް ވެސް އެ މިނިސްޓްރީން އަންގާފައިވެއެވެ.

ރިޕޯޓުތަކުން ދައްކާ ގޮތުގައި ލަންކާއިން މިހާތަނަށް 151،343 މީހަކު މި ބައްޔަށް ވަނީ ފައްސިވެފައެވެ. އަދި އެކްޓިވް ކޭސްގެ ގޮތުގައި 28،976 މީހުން އެބަތިއްބެއެވެ.

މިއަދު އެ ޤައުމުން 3،591 މީހުން ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށާއި ހޮސްޕިޓަލުތަކުގައި 27،925 މީހުން މި ބައްޔަށް ފަރުވާ ހޯދަމުން ގެންދާ ކަމަށް ވެސް ރިޕޯޓުތަކުން ދައްކައެވެ. ލަންކާގައި ކޮވިޑް ބަލީގައި މިހާތަނަށް މަރުވެފައި ވަނީ 1،051 މީހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!