ލަވަކިޔުންތެރިޔާ އަރްޖީތު ގެ މަންމަ މަރުވެއްޖެ
ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖީތު ސިންގުގެ މަންމަ އަދިތީ ސިންގް މަރުވެއްޖެއެވެ.
އަދިތީ މަރުވެފައި ވަނީ ސްޓްރޯކެއް ޖެހިގެންކަމަށް ރިޕޯޓްތަކުން ބުނެއެވެ. އޭނާ މަރުވެފައި ވަނީ ކޮލްކަތާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.
ހަބަރުތައް ބުނާގޮތުގައި އޭނާ ވަނީ ދުވަސްތަކެއް ވަންދެން ކޮވިޑް 19އަށް ފަރުވާ ހޯދާފައެވެ. އަދި ކޮވިޑުން ރަނގަޅު ވެފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށާއި ސްޓްރޯކް ޖެހިފައި ވަނީ ބުދަ ދުވަހު ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި އޭނާ މަރުވެފައި ވަނީ ބުދަ ދުވަހުގެ ރޭ 11 ޖެހިއިރު ކަމަށް ވެސް ހަބަރު ލިބެއެވެ.
އަރްޖީތުގެ މަންމަ އަދިތީ ކޮވިޑަށް ފައްސިވެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފަރުވާދީފައެވެ.
ނުރައްކާތެރި ކޮވިޑް-19 ގެ ދެވަނަ ރާޅަކާއެކު އިންޑިޔާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ މިދަނޑިވަޅުގައި އިންޑިޔާގެ ނަން މަޝްހޫރު އެތަށް ފަންނާނުންނެއް ދަނީ މަރުވަމުންނެވެ. އަދި ކޮންމެ ދުވަހަކު ވެސް އެގައުމުން އެތައް ބަޔަކު ދަނީ ކޮވިޑް ބަލީގައި މަރުވަމުންނެވެ.