Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އީސައަކީ ހަމައެކަނި ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ މީހެއް ނޫން: ރަފިއްޔާ

އީސައަކީ ހަމައެކަނި ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ މީހެއް ނޫން: ރަފިއްޔާ

ކުރީގެ އަނބިކަނބަލުންނަށް ގެވެށި އަނިޔާ ކުރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައަކީ ހަމައެކަނި ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ މީހެއް ނޫން ކަމަށާއި، އޭނާއަކީ ތުއްތު ދަރިފުޅު ގޮވައިގެން އިމާރާތަކުން ފުންމާލަން މަސައްކަތްކޮށް، ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހެއް ކަމަށް، އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

ރަފިއްޔާ ވިދާޅުވީ މީހަކު މަރައިލުމަށް ޓަކައި ޖާނުން ފިދާވުމަށް މަސައްކަތް ކުރުމަކީ ސީދާ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އީސާ އޭނާގެ ދަރިފުޅު ގޮވައިގެން ދަރިފުޅު ވެސް މަރާލާނީއޭ ކިޔައި، ގޭގެ ނުވަ ވަނަ ފަންގިފިލާގެ ބެލްކަނީގައި ހުރި ގޮނޑިއަކަށް އަރައި، ދަރިފުޅާ އެއްކޮށް ފުންމާލަން މަސައްކަތްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އީސައަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ފޭސްބުކް ލައިވްއެއްގައި ވާހަކަ ދައްކަވަމުން ރަފިއްޔާ އިތުރަށް ވިދާޅުވީ “މިކަންތައް ހަމައެކަނި މި ވަނީ ޑޮމެސްޓިކް ވަޔަލެންސަކަށް ނޫން. އަދި ސުއިސައިޑަލް އެޓެމްޓް އަދި ޓެރަރިސްޓް އެޓެމްޓް” އަކަށްކަމަށެވެ.

Advertisement
Ooredoo — Square (box)

އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށް އަޑު އުފުއްލެވުމުގައި ފާހަގަކޮށްލެވޭ ރަފިއްޔާ ވިދާޅުވީ އީސަ ހިންގި ފަދަ އަމަލެއް ހިނގި މީހަކު މުޖުތަމައުގެ ތެރޭގައި ބަހައްޓަން ހެޔޮ ނުވާނެ ކަމަށާއި އީސައަށް ވަގުތުން ވަގުތަށް ފިޔަަވަޅު އަޅައި ނިޒާމުން އެކަހެރި ކުރަން ޖެހޭނެ ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ރަފިއްޔާ ވިދާޅުވީ އެޖެންޑާ19 ގެ ދިފާއުގައި ވާހަކަ ދައްކަނީ ހަމައެކަނި މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ކަމަށާއި އެހެންކަމުން އެ ފަދަ ސްޓޭންޑެއް ނަގައިގެން ނުކުންނަވަން ކެރުނީތީ ހައިތަމްއަށް ސެލިއުޓް ކުރައްވާ ކަމަށެވެ.

މެމްބަރު އީސަގެ މައްސަލަ ފުލުހަށް ހުށަހަޅައިފައި ވާއިރު، އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ދައުލަތުން އެދުނު ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެއަމުރު ނެރެދެވެން ނެތް ކަމަށެވެ

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް