ކޮވިޑް ބަލީގައި ގާނޫނީ ވަކީލު ޒަނީން ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފި

ކޮވިޑް-19 ޖެހި ޤާނޫނީ ވަކީލު ، އަލްއުސްތާޒް އަހުމަދު ޒަނީން އާދަމް ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކީލް ޒަނީން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރީ، ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 59 އެކެވެ.
ޒަނީން އަވަހާރަވުމާއެކު ރާއްޖެއިން މި ބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 122 އަށް އަރައިފައެވެ. އޭގެ ތެރޭގައި 107 ދިވެހިންނާއި 15 ބިދޭސީން ހިމެނެއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون