ޝްރެޔާ ގޯޝަލް މަންމައަކަށްވެއްޖެ

ބޮލީވުޑްގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝަލްއަށް ދަރިއަކު ލިބިއްޖެއެވެ.
ޝްރެޔާއާއި އޭނާގެ ފިރިމީހާ ޝިލަދިތިޔާއަށް ލިބުނު އަލަތު ދަރިފުޅު އުފަންވެފައި ވަނީ މިއަދުއެވެ.ޝްރެޔާއަށް ލިބިފަައި ވަނީ ފިރިހެން ކުއްޖެއްކަމަށް ވެސް ހަބަރުތައް ބުނެއެވެ.
އެކަން އިއުލާނުކޮށް ޝްރެޔާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ ވިހެއީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށާއި ޝްރެޔާއާއި އޭނާގެ ފިރިމީހާގެ އިތުރުން އާއިލާ އެންމެން ވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ.
ޝްރެޔާއަކީ ކާމިޔާބު އެތައް ލަވައެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ލަވަކިޔުންތެރިއެކެވެ. އޭނާގެ ފާހަގަކޮށްލެވޭ ލަވަތަކަށް ބަލާލާއިރު އާޝިގީ 2އަށް ކިޔައިދީފާވާ ލަވަތައް ހިމެނެއެވެ.