ލައިފްސްޓައިލް

ބުރި ކުރަންވީ ފައިގެ މާކު ފެނުނީ، ރަނގަޅަށް އޮތް ފައި ބުރިކޮށްލި ފަހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އޮސްޓްރިއާގެ ކްލިނިކަކުން އުމުރުން ދުވަސްވީ ފިރިހެނެއްގެ ރަނގަޅަށް އޮތް ފައި ބުރިކޮށްލައިފިއެވެ.

މި ކަން ފްރޭސްޓެޑް ކްލިނިކުން ވަނީ އުމުރުން 83 އަހަރުގެ ބަލިމީހެއްގެ ބުރިކޮށްލަން ޖެހޭ ފައި ނޫން އަނެއް ފައި ބުރިކޮށްލެވުނު ކަމަށާއި އެއީ އެ މީހުންނަށް ކުރެވުނު ވަރަށް ބޮޑު ކުށެއް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

މި ކަން ހިނގައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

" ބަލި މީހާ ވެސް ބުނި ބުރި ކޮށްލެވުނީ ބުރިކުރަން ނުޖެހޭ ފައިކަން ކުރިން ނޭނގޭ ކަމަށް. އެކަން އެނގުނީ ބޭސް އަޅަން ވެގެން އުޅުނު އިރު، ބުރި ކޮށްލަން އުޅުނު ފައިގެ މާކު ވެސް މިހާރު ފެނިއްޖެ" ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އުމުރުން ދުވަސްވީ އެ މީހާއަކީ ވަރަށް ގިނަ ބަލި ޖެހިފައިވާ މީހަކަށް ވާތީ ބުރި ކުރަން ޖެހޭ ފައި އަދިވެސް ބުރިކޮށްލަން ޖެހޭ ކަމަށެވެ. އެކަމަށް ޓަކައި ބަލި މީހާއަށް ނަފްސާނީ ގޮތުން އެހީތެރިވަމުން އަންނަ ކަމަށް ވެސް ބަޔާނުގައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!