ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން މަޖިލީހުން މިނިސްޓަރ ނަސީމްއާ ސުވާލު ކުރަނީ
ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ، އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓަރ އަހުމަދު ނަސީމް (ކެރަފާ ނަސީމް)އާ ސުވާލުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ހުށަހަޅުއްވައިފިއެވެ.
މެމްބަރު ހައިތަމް ހުށަހެޅުއްވީ، މަސް ދުވަހުގެ ތެރޭގައި 50އަށް ވުރެ ގިނަ މީހުން ކޮވިޑްބަލީގައި މަރުވެފައިވުމާ އެކު، މިހާ ހަލުވިކޮށް ބަލި ފެތުރެމުންދިޔުމާ ގުޅިގެން މިވަގުތު ރާއްޖޭގައި ބައްޔަށް ފަރުވާ ދިނުމަށް ތިބީ ކިތައް ސިއްހީ ހިދުމަތްތެރިންތޯ އާއި ބާކީ ހުރި އެނދުގެ ތަފްސީލްތަކާއި މިވަގުތު ރާއްޖޭގައި ހުރި ވެންޓިލޭޓަރުގެ އަދަދާއި އޮކްސިޖަން ސަޕްލައިގެ ތަފްސީލްތަކާއި އަދި މެޑިކަލް ސަޕްލައިގެ ތަފްސީލްތައް ހޯދުމަށެވެ.
މިނިސްޓަރ ނަސީމް އަށް މި ސުވާލުތައް ހުށަހަޅުއްވާފައިވާކަން ހައިތަމް ވަނީ ޓްވިޓާ މެދުވެރިކޮށް ހާމަ ކުރައްވާފައެވެ. އަދި މި ސުވާލުތަކުގެ ޖަވާބު ހޯދުމަށް ހައިތަމް އެދިވަޑައިގަތީ ލިޔުމުންނެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ ޖުމްލަ އަދަދު މިހާތަނަށް ވަނީ 54،365އަށް އަރައިފައެވެ. އަދި 129 މީހަކު މިހާތަނަށް މި ބަލީގައި ރާއްޖެއިން ނިޔާވެފައިވެއެވެ.
ކޮވިޑުގެ ހާލަތު މިހީހިސާބަށް ދިޔަކަމީ ނަސީމުގެ ނާގާބިލުކަނަ ނަސީމް މިނިސްޓަރެއްގެ ހައިސިއްޔަތުން ރައީސައްދަންނަވައިގެން ވިޔަސް މިކަން މިހާހިސާބައް ދިއުމުގެ ކުރިންް ފިޔަވަޅު އަޅންޖެހޭ ޒިއްމާނުނެގޭނަމަ އަމިއްލަޔަށް އިސްތިއުފާ ދޭންޖެހޭ މިހާރުން މިހާރަށް ނަސީމު އިސްތިއުފާއަށް ގޮވާލަން
މޮޅުވާހަކައެއް ނަސީމު ދައްކާނި.. މުޅިން ގޯސްވެއްޖެ.. ވަކިވެވަޑައިގަންނަވާ
ސުވާލު ކުރުމުން ފުދޭތޯ؟ ފެއިލު ނުވޭތޯ؟؟؟ ސުވާލު ތިކުރައްވަނީ ސަރުކާރުން ސަރުކާރަށް.. ރީތި ގޮތަކީ ވަކިކޮށް ކަންކުރެވޭ މީހަކާއި ހަވާލުކުރުން
މި ވަގުތު އެހެން މީހަކު އެ މަޤާމްގަ ހުރިނަމަ އެ މީހެއްގެ ބެލުމުގެ ދަށުން ސިއްހީދާއިރާ ފެއިލް ވެއްޖެއޭ ކިޔާ އެމީހަކު ރޮލާ ކާނެ. ނަސީމް އެ މަޤާމްގަ ހުރީމަ ދުވާލެއްގެ މައްޗަށް ހާހުންމަތީން ކޯވިޑް ކޭސަސް ޕޮޒިޓިވްވެ އެތައްބަޔަކު މަރުވާ އިރުވެސް މިކަމާ އެއްޗެކޭ ބުނަން ކެރޭނެ މީހަކު ނެތް. ނަސީމްގެ މިނިސްޓަރުކަމުގަ ދަށުން ކޯވިޑް ކޭސަސަސް އެއްދުވަހުން އަނެއްދުވަހަށް ގިނަވެ ރާއްޖެއަށް މިވަނީ އާ ރެކޯޑެއް ވެސް ލިބިފަ. މަރުހަބާ ނަސީމް އަށް.