ޚަބަރު

ކާފިއު ނޫން ވަގުތުގައި ވެސް ބޭރުގައި އުޅެވޭނީ ރެސިޑެންޝަލް ޕާމިޓަކާއެކު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ބުދަ ދުވަހުން ފަށައިގެން ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ފުލުހުން ދޫކުރާ ރެސިޑެންޝަލް ޕާމިޓެއް އޮވެގެން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަބްރޫކް ވިދާޅުވީ ކާފިއު ނޫން ވަގުތުތަކުގައި ބޭރުގައި އުޅުމަށް ކޮންމެ ގޭބީސީއަކަށް ދެ ޕާމިޓް ދޫކުރެވޭނެ ކަމަށެވެ. އަދި ޕާމިޓް ދޫކުރެވޭނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ޕާމިޓް ދޫކުރާނީ ހެނދުނު 8:00އިން މެންދުރު 12:00އަށް އަދި މެންދުރު 12:00އިން ހަވީރު 16:00 ކަމަށެވެ.

މި ޕާމިޓަށް އެދެވޭނީ ޕޮލިސް ޕޯޓަލް މެދުވެރިކޮށް ކަމަށް ފުލުހުން ވިދާޅުވެއެވެ.ފުލުހުން ބުނީ މިރޭ 8:00 ފެށިގެން ހުއްދައަށް އެދެވޭނެ ކަމަށާއި ޕާމިޓަށް އެދޭ އިރު އެގެއެއްގެ ކަރަންޓު މީޓަރުގެ ނަންބަރާއި، ގޭގެ ނަމާއި، އެމީހެއްގެ ނަން ހިމަނާފައި ރިކުއެސްޓް ކުރެވޭނެ ކަމަށެވެ.

ކޮންމެ ގޭބީސީއަކަަށް ދެ ޕާމިޓު ދޫކުރަން ނިންމާފައިވާއިރު މާލޭ ސަރަހައްދު ދެ ޒޯނަކަށް ވަނީ ބަހައިލައިފައެވެ.އެގޮތުން އެއް ޒޯނަކީ ހުޅުމާލެ، އަދި އަނެއް ޒޯނަކީ މާލެ، ވިލިގިނލި ކަމަށް ފުލުހުން ބުނެއެވެ. އެހެން ކަމުން ހުއްދަ ނަގާ ޒޯނުން ބޭރުގައި އެ ޕާމިޓުގައި ނޫޅެވޭނެކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!