ކޮވިޑް ބަލީގައި މިއަދު 11 ވަަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިރޭ ނިޔާވެއްޖެއެވެ.
މިރޭ ނިޔާވެފައި ވަނީ އައްޑޫސިޓީ ހިތަދޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮވިޑަށް ފައްސިވުމާ ގުޅިގެން އެ މީހާއަށް ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގައި ކަމަށާއި ވެންޓިލޭޓަރުގައި އެ މީހާއަށް ފަރުވާ ދެމުންދާތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ.
މިއީ މިހާތަނަށް ރާއްޖެއިން މި ބަލީގައި ނިޔާވި 140 ވަނަ މީހާއެެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون