ފަލަސްތީނަށް ދެން ދޭ ހަމަލާ މާ ބާރުގަދަވާނެ -އިސްރާއީލާއިއެމެރިކާ
ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލަށް ދެން ހަމަލަ ދީފިނަމަ، ރައްދުގައި ދޭ ހަމަލާ ވަރަށް ބާރުގަދަވާނެކަމަށް އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އެކުގައި ނެރުނު ޖޮއިންޓް ސްޓޭޓްމަންޓްއެއްގައި ބުނެފިއެވެ.
ހުއްޓުމެއް ނެތި ފަލަސްތީނަށް ހަމަލާ ދޭ އިސްރާއީލުން އަބަދުވެސް ދުނިޔެއަށް ދައްކަން މަސައްކަތް ކުރަނީ ނިކަމެތި ފަލަސްތީނުން އިސްރާއިލުގެ ހަމަޖެހުން ނަގާލާއި ހަނގުރާމަކުރާ ކަމެވެ. އެހެން ނަމަވެސް އިސްރާއީލުން ކޮންމެ ފަހަރަކު ވެސް ފަލަސްތީނުގެ އަމަން ނަގާލައި ބޮޑެތި ގަތުލް އާއްމުތައް ހިންގައި ހަމަލާދީ ހިންގާ ބޮޑެތި ޖަރީމާތަކުގައި އިސްރާއީލަށް ވާގިވެރި ވެދެނީ މަދު ގައުމުތަކެއްކަން ފާހަގަކޮށްލެވެއެވެ. އަދި މިފަދަ ކޮންމެ ހަމަލާއެއްގައި ފަލަސްތީނުގެ އެތައް އިމާރާތެއް ބިމާ ހަމަވެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުވެއެވެ. އެހެން ނަމަވެސް މަދު ހަތިޔާރާއެކު ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ވަރުގަދަ ހަމަލާދީ އިސްރާއީލް ކުޑަކަކޫ މައްޗައް ތިރިކޮށްލައެވެ.
އެމެރިކާއާއި އެފަދަ ބޮޑެތި އަދި ބާރުގަދަ ގައުމުތަކުގެ އެހީއާ އެކު ވެސް ކޮންމެ ފަހަރަކު ވެސް އިސްރާއީލުން ޖެހެނީ އެމީހުންގެ ބޭނުން ހާސިލް ނުވެ ފަލަސްތީނުގެ ކުރިމަތީގައި އަމާން ދޭށެވެ.
ޢޭގެ ކުރިން މިނުބައިމީހުން ނުބައިވެގެންވާ ނިމުމަކުން ނެތިކުރައްވާށި.އާމީން
ޢާމީން
އާމީން..