ކަރަންޓާއި ފެން ބިލު ކުޑަ ކޮށްދޭން ސަރުކާރުން ނިންމައިފި
އަންނަ މަހުން ފެށިގެން ، ކަރަންޓް ބިލާއި ފެން ބިލްތަކުން ލުއި ދޭން ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވިދާޅުވީ އަންނަ މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ގޭބިސީތަކެއްގެ ކަރަންޓް ބިލުން 40 ޕަސެންޓް، ފެން ބިލުން 30 ޕަސެންޓް، އަދި ވިޔަފާރިތަކުން 20 ޕަސެންޓް ކުޑަކޮށްދޭން ނިންމަވާފައިވާ ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ ރާއްޖޭގެ ކޮވިޑް-19 ގެ ހާލަތު މިވަނީ ވަރަށް ހިތާމަވެރި ހާލަތެއްގައި ކަމަށާއި އެހެންކަމުން ބަލި ފެތުރުން ހުއްޓުވުމުގެ ގޮތުން މާދަމާއިން ފެށިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ.
"މިހާރު އަޅައިފައިވާ ފިޔަވަޅުތަކުން އެންމެ ބޮޑު ދަތިތަކެއް އަދި ގެއްލުންތަކެއް ވާނީ ކުދި ވިޔަފާރިތަކަށް. އަޅުގަނޑުމެން މިހާރު ވާނީ ކުދި ވިޔަފާރިތަކަށް، ސޮފްޓް ލޯނުތަކެއް ދޭން ނިންމައިފައި. އޭގެ ތެރޭގައި ކެފޭ އަދި ރެސްޓޯރެންޓާއި ޖިމްއާއި ސެލޫންތައް ހިމެނޭ. މީގެ އިތުރުން ބީއެމްއެލްއިން ޖޫންގެ ތެރޭފައި 375 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖްތަކެއް ދޭން ފަށާނެ." ރައީސް ޞާލިޙް ވިދާޅުވިއެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ޞާލިޙް ވަނީ ކޮވިޑް-19 އިން ދިފާއުވުމުގެ ވެކްސިން ރާއްޖެއަށް ލިބުން ލަސްވާ ސަބަބާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވައިފައެވެ. އެމަނިކުފާނު ވީ އެކަން ލަސް ވަނީ ޑެލިވަރީ ކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން ކަމަށެވެ.
މަކަރުން ފުރިފަ ތިބި ބައެއް. ކޮންމެސް އެހެން ގޮތަކުން ރައްޔިތުންެ އަތުން އެބައި ފެލާލާނެ.