މި ދެ ދުވަހު ނިޔާވި 15 މީހުންގެ ތެރެއިން 11 މީހުން ވެކްސިން ނުޖަހާ: މިނިސްޓަރު ނަސީމް
އިއްޔެ އާއި މިއަދު ކޮވިޑް-19ގައި ނިޔާވި 15 މީހުންގެ ތެރެއިން 11 މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިވަގުތު ރާއްޖޭގައި ލިބެން ހުރި ވެކްސިނެއް ޖެހުމަށާއި ވެކްސިން ޖެހުމަށް ޚާއްސަ އިސްކަމެއް ދިނުމަށް ވެސް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި އެތައް ބައެއް!
ކޮވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޕްރޮގްރާމް އެންމެ ކާމިޔާބުކޮށް ކުރިއަށް ގެންދެވުނު ގައުމުތަކުގެ ތެރޭގަައި ދިވެހިރާއްޖެ ހިމެނޭކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެން ނަމަވެސް އެ ޕްރޮގްރާމަށް މިހާރު ވަނީ ހުއްޓުމެއް އައިސްފައެވެ. ނުވަތަ މަޑު ޖެހުމެއް އައިސްފައެވެ.
ރާއްޖޭގެ އެންމެ ގިނަ ބަޔަކު ޖަހާފައި ވަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިން ދެލައްކައެއްހާ މީހުން ވަނީ ޖަހައިފައެވެ.ނަމަވެސް ވެކްސިންގެ އާ ސްޓޮކެއް ނުލިބި އެ ވެކްސިން ދިނުން ވަނީ މެދުކަނޑައިލައިފައެވެ. ސްޓޮކްގައި ބާކީ ހުރި ހާހެއްހާ ޑޯޒް ދެމުން ދަނީ ސިއްހީ އެހީތެރިންނާއި އުމުރުން ދުވަސްވީ މީހުންނަށެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމުގެ 8 ހަފްތާ ފަހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ޖެހޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އަދި އެންމެ ގިނަވެގެން ވެސް ވެކްސިން ޖެހުން ލަސްކުރެވޭނީ 12 ހަފްތާއަށް ކަމަށް ވެސް ސިއްހީ މާހިރުން ލަފާ ދެއްވައެވެ. އެހެން ނޫންނަމަ ވެކްސިންގެ ހަގީގީ ފައިދާ ނުކުރާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. އެހެން ނަަމަވެސް ރާއްޖޭގައި މިއަދު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒް ނުޖެހި އެކަމުގެ ކަންބޮޑުވުމުގައި އެތައް ބަޔަކު އެބަތިއްބެވެ. މީގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ، 12 ހަފްތާ ނުވަތަ ތިން މަސް ވެފައިވާ މީހުން ވެސް އެބަތިއްބެވެ.
ވެކުސިން ޖެހުމަކީ ކާކުގެ ޒިންމާއެއް.. އައްމިއްލައަށް ތިމާ ފެއިލުވެއްޖޭ ތިބުނަނީ.. އިސްތިއުފާދީ
އައްމިލައަށް ޒިންމާ އަދާނުކުރެވޭ ވާހަކަ ތިދައްކަނީ.. އިސްތިއުފާދީ
ނުޖެހީތަ ނުނީ ޖަހަން ނުލިބުނީތަ