ޚަބަރު

ރާއްޖޭގައި މިހާރު ފެތުރެނީ ކޮވިޑްގެ އާ ވޭރިއަންޓެއް: މިނިސްޓަރ ނަސީމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި މިހާރު ފެތުރެމުން މިދަނީ ކޮވިޑް-19ގެ އާ ވޭރިއަންޓެއް ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.

Ads by STELCO

މިރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ނަސީމް ވިދާޅުވީ މިހާރު ރާއްޖޭގައި ކޮވިޑް މި ފެތުރެނީ ކުރިން ފެތުރޭހެނެއް ނޫން ކަމަށާއި މިއީ އާ ވޭރިއަންޓެއް ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

"ކުރިން ގެއެއްގައި އެކަކު ޕޮޒިޓިވް ވިޔަސް އެހެން މީހުން ސަލާމަތް ވޭ. އެކަމަކު މިހާރު ފެތުރެމުން މިދަނީ ގޭގެ އެކަކު ޕޮޒިޓިވް ވިޔަސް އެ ގޭގެ އެންމެން ޕޮޒިޓިވްވާ ގޮތަށް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ގެ ވާހަކަފުޅާ އެއްބަސްވެ ވަޑައިގެން އެޗްޕީއޭގެ ޓެގް ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވެސް ވިދާޅުވީ، ރާއްޖޭގައި މިހާރު ކޮވިޑްގެ އާ ވޭރިއަންޓެއް ފެތުރެމުންދާ ކަމަށާއި ނަމަވެސް އެއީ ކޮން ވޭރިއަންޓެއް ކަމެއް އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށެވެ.

Ads by HDC
  1. އަައ ވޭރިް

    BREAKING: Germany! Angela Merkel pushes other states to sign a “contract about never ending pandemics”. BTW Germany paid recently 900 Mill. € to the WHO and is now the largest WHO payer with an obvious interest to keep the “pandemic-situation” going on!

    🇪🇺 t.me/TheEuropeNews