ދެ ހަފުތާތެރޭ ނަންބަރުތައް ދަށް ކުރެވޭނެ: ޑރ.ނަޒްލާ

އައު ފިޔަވަޅުތަކާ އެކު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ނަންބަރުތައް ދަށް ކުރެވޭނެ ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ މިހާރު އަޅާފައި މިވާ ވަރުގަދަ ފިޔަވަޅުތަކާ އެކު ދެން އަންނަ ދެ ހަފުތާ ތެރޭގައި ނަންބަރުތައް ދަށް ކުރެވިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މި ރެސްޓްރިކްޝަން އިތުރަށް ވަރުގަދަ ކުރުމުން ދެން އަންނަ ދެ ހަފުތާ ތެރޭގައި އިރާދަކުރެއްވިއްޔާ ނަންބަރުތައް ވަރަށް ދަށްކުރެވުން." ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިތުރުވެފައި ވީ ނަމަވެސް ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު އިންސައްތައަށް ބަލާއިރު އަދި ގިނަ ނުވާކަމަށެވެ. އެހެން ނަމަވެސް ބަލީގައި މީހުން މަރުވާ ނިސްބަތް މަދު ކުރަން ދުވަސްކޮޅެއް ނަގާފާނެކަމަށް ނަޒްލާ ވިދާޅުވި އެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން، އަދަދުތައް ކޮންޓްރޯލު ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މެއި 26އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް މާލެ ސަރަޙައްދުގެ ކާފިއު ގަޑިހަވީރު 4:00 އިން ހެނދުނު 8:00 އާއި ހަމައަށް ވަނީ ދިގު ދަންމައިލައިފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ފުލުހުން ދޫކުރާ ރެސިޑެންޝަލް ޕާމިޓެއް އޮވެގެންނެވެ. ކާފިއު ވަގުތު ނޫން ވަގުތުގައި ވެސް މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރު ނުކުރެވޭ ގޮތަށް ވަނީ ކަނޑައަޅައިފައެވެ.
ނޫވެރިންސުވާލުކޮއްދީބަލައެޗުޕީއޭއިންފޯނުނުނަގާކުރާމެއިލްއައްވެސްޖަވާބުނުދޭރަޝައްދވޭނެގޮތެއްނެތިއަންމަތިހުސްވެފަ ފުރަބަންދުސލާމްޖަހާލެވޭނެގޮތެއްވެސްނެތި