ޚަބަރު

ކޯވިޑް-19 ދިފާޢު: އިތުރު 1900އަށް ވުރެ ގިނަ މީހުން ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ސޯޝަލް ސެންޓަރަށް ދިޔަ މީހުންގެ ކިޔޫ/ ދެން އިމޭޖްސް: ޢާލިމް ޢަބްދުއްލަތީފް

1900 ވުރެ ގިނަ މިހުން ކޯވިޑް-19ގެ ވެކްސިންގެ 2 ޑޯޒް މިއަދު ފުރިހަމަކޮށްފިއެވެ.

Ads by Sosun Fihaara

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24ގަޑިއިރުތެރޭ ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުގެ ސެންޓަރުތަކުން ޖަހައިފައި ވަނީ 1،398 މީހުންނެވެ. އަދި މާލެ ސަރަޙައްދުން ވެކްސިން ޖަހައިފައި ވަނީ 526 މީހުންނެވެ. މިއާ އެކު އިއްޔެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދަކީ 1،924 މީހުންނެވެ.

ވޭތުވެދިޔަ 24ގަޑިއިރު ވެކްސިންގެ ފުރަތަމަ ޑޯޒް 717 މީހުން ވަނީ ޖަހައިފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެއިން ވެކްސިން ޖެހި 294 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 423 މީހުންނެވެ. މިއާ އެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 307،927 އަށް އަރައިފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!