ދުވަސް ފެށުނީ ވެސް ކޮވިޑް-19ގެ މަރަކާއެކު!

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނިޔާވެފައި ވަނީ 56 އަހަރުގެ މީހެކެވެ. އެއީ ޅ.ހިންނަވަރަަށް ނިސްބަތްވާ ފިރިހެނެެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އޭނާ ނިޔާވީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 149އަށް އަރައިފައެވެ.