މިއަދުގެ ދެވަނަ މަރު: ކޮވިޑް ޖެހިގެން 150 ވަނަ މީހާ ނިޔާވެއްޖެ
ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި އެމީހާ ނިޔާވެފައި ވަނީ މިއަދު ހެނދުނު 7:55 ގައެވެ.
ނިޔާވެފައި ވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ 79 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 150 އަށް އަރައިފައެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
Ads by HDC