މިއަދުގެ ތިން ވަނަ މަރު ، ޖުމުލަ އަދަދު 154އަށް

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނިޔާވެފައި ވަނީ 56 އަހަރުގެ އަންހެނެކެވެ. އެމީހާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށެވެ. މިއީ މިއަދު މި ބަލީގައި ދުނިޔެ ދޫކުރި ތިން ވަނަ މީހާއެވެ.
މި މަރާއެކު ކޮވިޑް-19 ޖެހިގެން ރާއްޖެއިން ދުނިޔެ ދޫކުރި މީހުންގެ އަދަދު މިވަނީ 154އަށް އަަރައިފައެވެ. އަދި މެއި މަހު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ 81އަށް އަރައިފައެވެ.
ރޭ ފަތިހު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 54 އަހަރުގެ ފިރިހެނަކު ވެސް ވަނީ ނިޔާވެފައެވެ. އަދި މިއަދު ހެނދުނު 47 އަހަރުގެ ފިރިހެނަކު ވެސް މިބަލީގައި ވަނީ ނިޔާވެފައެވެ.