ރިޕޯޓް

ޕެންޑަމިކްގެ ޖަމާޢަތްތެރިޔާ މުނައްވަރުގެ ދުވަސްތައް ސަހަރާތެރޭގައި ، ވަޅުލި މީހުންގެ އަދަދު 100އިން މައްޗަށް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
މުނައްވަރު، އާއިލާތަކުން ކުރާ ހިތާމައިގެ ތެރޭގައި ހުއްޓިފައި -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ހަލަބޮލިކޮށް އޮތް ހުޅުމާލޭ ސަހަރާގެ ހިނަވާގޭ ކުރިމަތީގައި ހުއްޓުމެއް ގެނުވައި ، ގަނޑުވެފައި އެ ހުރީ މި ސަރަހައްދުގައި ދެންމެ ވެސް ހޭލަމޭލައަށް އުޅުނު މީހެކެވެ. ވަށައިގެން ތިބި އެތައް ބައެކޭ އެއްފަދައިން އޭނާގެ މޫނު މަތީން ވެސް ފެންނަނީ ހިތްދަތިކަމާއި މާޔޫސްކަމެވެ. އިވެމުންދާ ގިސްލުމާއި ރުއިންތަކުގެ އަޑުން މިލައިފައިވާ އެ މާހައުލުގައި އޭނާގެ މޫނު ވެސް ވަނީ މިލައިފައެވެ.

Ads by Sosun Fihaara

"އެންމެ ދެރަވާ ކަމަކީ އާއިލާގެ މީހުން އައިސް އުޅޭ ގޮތުން ، ކޮންމެ ގޮތެއް ވިޔަސް މި މަރު ، އެހެން މަރުތަކާ ތަފާތު ، ނުފެނި އެތައް ދުވަހަކު އޮވެފައި ދެން އެ ފެންނަނީ މަރުވެފައި އޮއްވާ ، އެހެންވީމަ ކުރާ އަސަރު ބޮޑު ވީމަ މީހުން އުޅޭ ވަރަށް ރޮއެފަ، އެ މަންޒަރު ފެނުނީމަ ވަރަށް އުނދަގޫވޭ އަސްލު" ކޮވިޑް ޕެންޑަމިކްގެ ޖަމާޢަތްތެރިޔާ ، 36 އަހަރުގެ އަހުމަދު މުނައްވަރު މި މަންޒަރުގެ ކުޑައިރުކޮޅެއް ކުރީން "ދެން"އާ ހިއްސާ ކުރިއެވެ.

ކުޅުދުއްފުއްޓަށް އުފަން ޖަމާޢަތްތެރިޔާ މުނައްވަރަށް މި އަހަރަކީ ޚާއްޞަ އަހަރެކެވެ. ބުރަ އަދި މާޔޫސީ އަހަރެކެވެ. މި މަސައްކަތުގައި 16 އަހަރު ހޭދަކުރި މުނައްވަރު މިހާރު ހޭދަ ކުރަމުން އެ ދަނީ ދުވަހަކު ވެސް ތަޖުރިބާ ކޮށްފައި ނުވާ ފަދަ ތަފާތު ދުވަސްތަކެކެވެ.

މުނައްވަރު މަސައްކަތަށް ތައްޔާރު ވަނީ - ފޮޓޯ: ޝަމްވީލް

ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާން ފެށުމުން މިމަހުގެ 08 ވަނަ ދުވަހުން ފެށިގެން އޭނާއާއި އޭނާގެ ޓީމު ދިރިއުޅެމުން އެ ދަނީ ހިނަވާގޭ އިމާރާތުގައި ހުންނަ ކޮޓަރިތަކެއްގައެވެ. އެ މީހުންގެ ދިރިއުޅުން ވަނީ މުޅީން ބަދަލުވެފައެވެ. މައްޔިތުންނާ ގާތުން މަސައްކަތް ކުރާ މީހުންކަމަށް ވެފައި އެމީހުން އެތަނުން ބޭރުވުމަކީ ރައްކާތެރި ގޮތަކަށް ނުވާތީ އެ މީހުންގެ މިހާރުގެ ދިރިއުޅުން ބިނާވެފައި އޮތީ ކޮވިޑްގެ ވޭނާއި ހިތާމައިގެ ތެރޭގައެވެ. ރުއިމާއި ގިސްލުމުގެ މާހައުލެއްގައެވެ. މަސައްކަތުގެ ބުރަކަމުގެ ސަބަބުން ހަމަ ނިދި ނުލިބިއެވެ.

ހިނަވާގެއާއި ޖެހިގެން ހުންނަ ކޮޓަރި ، މުނައްވަރު މިހާރު އުޅެނީ މި ކޮޓަރީގައި - ފޮޓޯ: ޝަމްވީލް

"އިއްޔެ ހެނދުނު ފެށި ގޮތަށް އަދި ނުނިދާ މިއުޅެނީ ، ކިހިނެއް ނިދާނީ.. ރޭގަ ދޭއްޖެހިއިރު ބިދޭސީއަކު ވަޅުލީ ، ވަޅުލައި ނިންމައިފައި ހުރިހާ އެއްޗެއް ދޮވެ ނިންމައިފައި ނިކުތްއިރު ތިނެއް ޖަހާ ތިންގަޑި ބައިވެއްޖެ އޭރު ދެ މީހުން (ނިޔާވެއްޖެ) ، އެ ދެމީހުން ވަޅުލައި ނިންމި ތަނާ އެހެން މީހެއް (ގެނެސްފި) ، ހެނދުނު 7:30 ވީއިރު ތިން މީހުން ވަޅުލައިފިން ، އެ ތިން މީހުން ވަޅުލައިފައި ހެނދުނު ސައިބޮއެ ނުނިމޭ ދެ މީހުން ނިޔާވެއްޖެ ، މެންދުރުވީއިރަށް އެމީހުން ވަޅުލައިފިން" ކޮވިޑް ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން ނިޔާވި ދުވަހު މުނައްވަރާއެކު ހޭދަކުރި ވަގުތު ކޮޅުގައި އޭނާ ކިޔައިދިނެވެ.

ބުރަ އެ މަސައްކަތް މުނައްވަރު ރާވައިލައިފައި ވަނީ މަސައްކަތު މީހުންނަށް ވެސް ފަސޭހަ ވާނޭ ގޮތަށެވެ. ކޮންމެ ދުވަހަކު ވެސް ފަސްވަޅު ކުރިއާލައި ކޮނެފައި ބަހައްޓައެވެ. މަސައްކަތު މީހުންނަށް ލުއި ވާނޭ ގޮތަށް ކަންކަން ރާވައިލައެވެ. މައްޔިތާގެ ހަށިގަނޑު ގެނައުމުން މޫނު ދައްކަން ގަޑިއިރެއްހައި އިރު ދިނުމަށް ފަހު ތަޔައްމަމްކޮށް އިސްވެ ކަށުނަމާދު ކުރަނީ ވެސް މުނައްވަރެވެ.

"ކޮންމެ ދުވަހަކު ވެސް ހުސް ވަގުތު ލިބުނީމާ މަސައްކަތު މީހުން ލައްވާ 5 ވަޅު ކޮންނަނީ ، އޭރުން އެކަމުން އެވާ ވަރުބަލި މީހަކު (މައްޔިތާ)ގެންނައިރު އިންނާނީ ފިލާފަދޯ ، އިއްޔެއާ ރޭގައި ކޮނުނު ފަސްވަޅު މިއަދު ހެނދުނު ވީއިރު ފުރިއްޖެ" މަސައްކަތުގެ ބުރަ ކަމާއި ނުރައްކާތެރި ހާލަތު މުނައްވަރު ކިޔައިދިނެވެ.

އިސްވެ ކަށުނަމާދު ކުރަނީ ވެސް މުނައްވަރު - ފޮޓޯ: ޝަމްވީލް

ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރެއިން މުނައްވަރާއި އޭނާގެ ޓީމުން ވަޅުލި މީހުންގެ އަދަދު 100އަށް ވުރެ މައްޗެވެ. ރުއިމާއި ގިސްލުމުގެ ހިތްދަތިކަމުގެ ތެރޭގައި އެތައް ވަގުތެއް އޭނާ ހޭދަ ކޮށްފިއެވެ. އެ ނުތަނަވަސް މާހައުލުގެ މާޔޫސްކަން ކޮންމެ ދުވަހަކު އޭނާ އެ ދަނީ ތަޖުރިބާ ކުރަމުންނެވެ.

ކޮވިޑްގެ ބިރުވެރި ހާލަތުގެ ސަބަބުން މުނައްވަރު ވަނީ އަންހެނުންނާއި ދަރީން ރަށަށް ގެންގޮސްފައެވެ. އެހެންކަމުން އޭނާގެ ގާތުގައި އާއިލާ ނެތްކަމުގެ ފަޅުކަން ވެސް މި ހާލަތުގައި އެބައޮތެވެ. ނަމަވެސް އުފާވެރިކަމަކީ މުޅި އާއިލާގެ ލޯބި އޭނާއަށް ލިބެމުންދާ ކަމެވެ. ހާލު ބަލައި ރައްކާތެރިވުމަށް އާއިލާއިން އަބަދުމެ ހަނދާންކޮށްދެއެވެ. މުނައްވަރާއެކު ހޭދަވި ކުޑަ ވަގުތުކޮޅުގެ ތެރެއިން ވެސް ވަގުތުކޮޅެއް ހުސްކޮށްލަން ޖެހުނީ ބައްޕަގެ ފޯން ކޯލަކަށެވެ. ވަޅުލި މީހުންނާއި ނިޔާވި މީހުންގެ އަދާހަމަ އޭނާ ބައްޕައަށް ރިޕޯޓް ކުރިއެވެ. "ދެން ރަނގަޅުވެދާނެ" ކަމަށް ބުނެ ބައްޕައަށް އުއްމީދު އާކޮށްދިނެވެ.

މުނައްވަރު ވަޅުލި މީހުންގެ އަދަދު 100 އިން މަތި - ފޮޓޯ: ޝަމްވީލް

ކޮވިޑް ބަލީގައި ނިޔާވާ އާއިލާތަކަށް ލިބޭ ހިތްދަތިކަން ހިއްސާ ކުރަމުން ، އެ ހިތްދަތި މަންޒަރުތެރޭގައި ހުންނަ އެކަކީ މުނައްވަރެވެ. އަނބިދަރީންނާ ދުރުގައި "ސަހަރާ ތެރޭގައި" މުނައްވަރު ކުރަމުން އެ ގެންދަނީ ބުރަ މަސައްކަތެކެވެ. ހޭދަ ކުރަމުން އެ ދަނީ އުނދަގޫ ދުވަސްތަކެކެވެ. މި ޙާލަތުގައި ބުރަ މަސައްކަތުގެ ތެރެއިން ވެސް މުނައްވަރަށް ލިބޭ ހުސްވަގުތުތަކުގައި އޭނާގެ ބައިވެރިއަކީ ނޯޓް ފޮތެވެ. އޭނާގެ ހިތްދަތި ޝުޢޫރުތައް ފާޅު ކުރަނީ ޅެން ބަސްތަކުންނެވެ.

" ރޯތަން ލޮލަށް ފެނުނަސް މަގޭ، ކެތްވާވަރެއް ނޫނޭ އިނގޭ,

ލޯތައް އެވާ ފެނި ރަތްވެފައި ރޮވެޔޭ މަށަށް ގަސްދާ ނުލާ"

Ads by HDC
  1. ކުޅުދުއްފުށި

    ކޮވިޑްގެ އެންމެ ފުރަތަމަ ދުވަހުންފެށިގެން އެންމެ އިސްސަފުން ފެނިގެންމިދަނީ ކުޅުދުއްފުށި ދަރިންކަން ފާހަގަ ކޮށްލެވޭ. މިފަދަ ބޮޑަތި ކަންކަމުގައި ކުޅުއްފުށީގެ ދައުރު ވަރަށްވެސް ބޮޑު. ރާއްޖޭގެ ނިސްބަތުން އެރަށެއްގައި ކޮވިޑް ކޮންޓް ރޯލް ކޮށްފައި ބޭއްވުމުގައި ވެސް ނަމޫނާ ދައްކަވަމުން ދަނީ ހަމަ ކުޅުއްފުށި ކަން ފާހަގަ ކޮށްލަން.

    • އަޙްމަދު

      މަރުޙަބާ ކުޅުދުއްފުށްޓާއި އެރަށުގެ ރައްޔިތުންނަށް

    • ކައިޒީން

      ހޫން،، ދެން އޯކޭއޭ ފޮނި ނުބުރުވިޔަސް.

      • ބޮޓު

        ވަރަށް ދެރަ ތިމޭރުމުން ވާހަކަ ދެއްކީމާ، އެކުރަނީ ހާދަ ބުރަބޮޑު ކަމެެކޭ. ޝުކުރު އަދާ ކޮށްބަލަ

      • ހަޖަމް

        މާރު ކުރަން ދަސް ކުރޭ

  2. ޙުސައިން

    މުނައްވަރަކީ ވަރަށް ރަނގަޅު ބޭފުޅެއް. ފުރަތަަ ދިމާވީ ސްކޫލުގެ ދަރިވަރންނަށް ކަށުކަމާކެމީގެ ކަންކަން ދަސްކޮށްދެއްވަން ވަޑއިގެން ބޭއްވުނު ސެޝަންގެތރެއިން. ކަމުގެފުރިހަމަ މައުލޫމާތު ދެނެވަޑައިގެންހުންނެވި ބޭފުޅެއް. އަދި މިހާރު އެހާމެގާތް ރަހުމަތްތެރިއެއް. ތިޔަކުރައްވާ މަސައްކަތުގައި ބަރަކާތްލައްވާށިއެވެ!

  3. އައިންތު

    ތިަޔަބުނާ މުނައްވަރު އެތާ އެހުންނަނީ ކޮވިޑް ސަންދޯއް ވިއްކައިގެން އަމިއްލަ ފައިދާ ނަގަން. ހުރިހާ މަސައްކަތެއް ކުރަނީ ބޭރުމީހުން.ވަޅުކޮންނަނި،ވަޅުލަނީ، އެންމެކުޑަމިނުން އަށިމަތީގަ ފޮތިގަނޑު އަޅާލަނީވެސް ބޭރުމީހުން. ހިނަވަނީކީނޫން. އަންހެން ޖަމާއަތްތެރީން އަންހެނުން ގެ ކަންތައް ަރަނީ.

  4. އައިންތު

    ތިޔަބުނާ މުނައްވަރު އެތާ އެހުންނަނީ ކޮވިޑް ސަންދޯއް ވިއްކައިގެން އަމިއްލަ ފައިދާ ނަގަން. ހުރިހާ މަސައްކަތެއް ކުރަނީ ބޭރުމީހުން.ވަޅުކޮންނަނި،ވަޅުލަނީ، އެންމެކުޑަމިނުން އަށިމަތީގަ ފޮތިގަނޑު އަޅާލަނީވެސް ބޭރުމީހުން. ހިނަވަނީކީނޫން. އަންހެން ޖަމާއަތްތެރީން އަންހެނުން ގެ ކަންތައް ަރަނީ.

  5. އާރިސް

    އެހެން ޖަމާއަތްތެރީންނަށް ވުރެ ބުރަކޮށް ކޮންކަމެއްތޯ ކުރަނީ. ދެއްކުންތެރިކަން އަބަދުވެސް އޮންނަތަން ފެންނަނީ. ތީނަގެ އަސްލު ހަޤީހަތަކީ ޖިންސީފުރާއްސާރަ ކުރާމީހެައް.

  6. އިސްހާގް

    ޕެންޑަމިކް ހާލަތުގަައި 100 ފިރިހެނުން މަރެއްނުވޭ. އަންހެނަކު ނަމަ އަންހެން ޖަމާއަތތެރީން، ފިރިހެނަކުނަމަ ފިރިހެން ޖަމާޢަތްތެރީން. އެކިފަހަރު އެކި ޖަމާޢަތްތެރީނާ ކުރަނީ. ދެނކިހިނެއް މުނައްވަރު އެހާ ބިޒިވާންވި. ވަޅުކޮނުމާއި، ވަޅުލަނީވެސް މަސައްކަތު މީހުން. ސާންދޯއްވިއްކަަގެން ނާޖާއިޒް ފައިދާ ނަގާ ޖިންސީފުރާއްސާރަ ކުރާ މީހެއްގެ ވާހަކަ ތި ދައްކާނީ

  7. ރަޝީދު

    މުނައްވަރަށް ސާބަސް ހީވާގި ލީޑަރެއް