ވިޔަފާރި

ޓެކްސް ދެއްކުމުގެ ސުންގަޑި ފަސްކޮށްދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް 19ގެ ހާލަތު ގޯސްވެެ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވުމުގެ ސަބަބުން، ޓެކްސް ދެއްކުމުގެ ސުންގަޑި އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހާ ހަމައަށް ފަސްކޮށްދީފިއެވެ.

Ads by Sosun Fihaara

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވިދާޅުވީ، ރައްކާތެރިކަން ކަށަވަރު ކުރަން ފިޔަވަޅުތައް އަޅައިފައިވާ މި މުއްދަތުގައި ޓެކުހާއި އެހެނިހެން ފީތައް ދައްކަންޖެހޭ ސުންގަޑި އަންނަ މަހުގެ 16 އަށް ފަސްކޮށް ދެއްވާފައިވާ ކަމަށެވެ.

މީރާ އިން މައުލޫމާތު ދެއްވި ގޮތުގައި، އެ އޮތޯރިޓީން ފޯރުކޮށްދޭ މައިގަނޑު ހިދުމަތްތައް ވެސް މިހާރު ވަނީ އޮންލައިން ކޮށް ލިބޭނެ ފަދައިން އިންތިޒާމު ކުރައްވާފައެވެ. އެގޮތުން އެ އޮތޯރިޓީގެ އޮންލައިން ޕޯޓަލް، "ވާރުޕޭ" މެދުވެރިކޮށް ޓެކްހާއި ފީތައް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މައުލޫމާތު ދެއްވާފައި ވެއެވެ.

ކޮވިޑް 19އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅައިފައިވާ ފިޔަވަޅުތައް ހަރުކަށިކޮށް ސަރުކާރުގެ އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. އަދި ހަވީރު 4 ހެނދުނު 8ކަށް ކާފިއު އިއުލާނުކޮށް ކާފިއު ނޫން ވަގުތު ތަކުގައި ވެސް ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!