ޚަބަރު

ކާފިއު ގަޑީގައި ބޭރުގައި އުޅުުނު 507 މީހަކު ޖޫރިމަނާ ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކާފިއު ގަޑީގައި ގަވާއިދާ ޚިލާފަށް ބޭރުގައި އުޅުނު 507 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

Ads by STELCO

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނުގެ މަބްރޫކް އަޒީޒް ވިދާޅުވީ މާސްކު ނާޅައި އުޅެގެން 175 ފަރާތެއް ވެސް ޖޫރިމަނާ ކުރެވިފައިވާ ކަަމަށެވެ. އަދި ކެފޭ، ސެލޫން އަދި ޖިމްތަކުން 60 ފަރާތެއް ޖޫރިމަނާ ކުރެވިފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުން އަންނާތީ މާލެ ސަރަހައްދުގައި ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ހަވީރު 4އިން ހެނދުނު 8އަށް ކާފިއު އިއުލާން ކުރެވިފައިވާއިރު ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރުގައި އުޅެވެނީ ފުލުހުން ދޫކުރާ ރެސިޑެންޝަލް ޕާމިޓަކާ އެކުގައެވެ.

މީގެ އިތުރުން ކެފޭ، ރެސްޓޯރެންޓް އަދި ޖިމް ފަދަ ތަންތަނަށް ވަދެ ޚިދުމަތް ހޯދާ ފަރާތްތައް ވެސް 5000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ނިންމައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!