ކޮވިޑް-19 ދިފާޢު : ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 164،000އަށް ވުރެ މައްޗަށް

ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިންގެ 2 ވަނަ ޑޯޒް 164،013 މީހަކު ފުރިހަމަކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ 24ގަޑިއިރުތެރޭ ވެކްސިންގެ ދެވަނަ ޑޯޒް އަތޮޅުތަކުގެ ސެންޓަރުތަކުން ޖަހައިފައި ވަނީ 224 މީހުންނެވެ.
ވޭތުވެދިޔަ 24ގަޑިއިރު 117 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. މިއީ އަތޮޅުތަކުން ވެކްސިން ޖެހި މީހުންނެވެ. މިއާ އެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ 309،002 އަށް އަރައިފައެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހަނީ 3 ވައްތަރެއްގެ ވެކްސިނެކެވެ. އެއީ އިންޑިއާއިން ހަދިޔާ ކުރި ކޮވިޝީލްޑް ވެކްސިނާއި ޗައިނާއިން ހަދިޔާ ކުރި ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.
އޭގެ ތެރެއިން އިންޑިއާއިން ހަދިޔާ ކުރި ވެކްސިންގެ ސްޓޮކް މިހާރު ހުސްވެގެން، އެ ވެކްސިން އާންމުކޮށް ޖެހުން ވަނީ މެދުކަނޑައިލައިފައެވެ.
ހުސް ބަންގާޅިން