ޚަބަރު

ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި އައްޑޫސިޓީން ހައްޔަރުކުރި 5 މީހަކު ދޫކޮށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި އައްޑޫސިޓީން ހައްޔަރުކުރި 8 މީހެއްގެ ތެރެއިން 5 މީހަކު ދޫކޮށްލައިފިއެވެ.

Ads by Hajj Corporation

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށް، ފުލުހުންގެ ބަންދުގައި ތިބި 8 މީހެއްގެ ތެރެއިން 5 މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ޓެރަރިޒަމަށް ވާގިވެރިވުމުގެ ތުހުމަތުގައި އައްޑު އަތޮޅުން މި މަހުގެ 15 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން އެކަކު މީގެ ކުރިން ވެސް ވަނީ ދޫކޮށްލައިފައެވެ. މިއަދު ދޫކޮށްލި 5 މީހުންނަށް ފަހު މިހާރު ބަންދުގައި ތިބީ ތިން މީހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށް ފަހު މުޅި ރާއްޖޭގެ ސެކިއުރިޓީ ލެވަލް ވަނީ އެންމެ މައްޗަށް ޖައްސާފައެވެ. އަދި ފުލުހުންނާއި ސިފައިން ދަނީ މުޅި ރާއްޖޭގައި ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަންތައް ހިންގަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!