ލައިފްސްޓައިލް

އިންސޯމްނިއާ: ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ވޭނީ ބައްޔެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންސޯމްނިއާއަކީ ނިދަން އުނދަގޫވެ، ނިދި ހަމަނުވެ ނުވަތަ ނިދާފައި ނޯވެވުން ފަދަ ހާލަތަށް ކިޔާ ނަމެކެވެ. ގިނަ ސައިންސްވެރިން އެއްބަސްވާ ގޮތުގައި މިއީ ބައްޔެކެވެ. މިއީ ގިނަ ފަހަރަށް ޑިޕްރެޝަންގެ ސަބަބުން ޖެހޭ ބައްޔެކެވެ. ގަސްތުގައި ނިންޖާ ދުރުގައި އުޅުމުގެ ސަބަބުން ވެސް މި ބަލި ޖެހުން އެކަށީގެންވެއެވެ. އަދި މި ނޫނަސް، ބަލި ހާލަތުގެ ސަބަބުންނާއި، ނަފްސާނީ ކަމެއްގެ ސަބަބުން ވެސް މި ބަލި ޖެހިދާނެއެވެ.

Ads by STELCO

އިންސޯމްނިއާގެ ސަބަބުން ހިތް ނުތަނަވަސްވެ، ވަރުބަލިވެ، ކަންތައްތަކަށް ސަމާލުކަން ދިނުން ކުޑަވެ، މަސައްކަތުގައާއި، ސްކޫލުގައި ފަރުވާކުޑަވެ ކަންތައްތައް ވެއެވެ. ދިރާސާތަކުން ދައްކައި ގޮތުގައި 68 އިންސައްތައިގެ 18 އަހަރާއި 29 އަހަރާ ދޭތެރޭގެ އުމުރުފުރާގެ މީހުން އިންސޯމްނިއާ ތަޖުރިބާ ކުރާކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

މީގެ އިތުރުން 30 އަހަރާއި 64 އަހަރާ ދޭތެރޭގެ އުމުރުފުރާގެ މީހުންގެ ތެރެއިން 59 އިންސައްތަ މީހުން ރިޕޯޓް ކޮށްފައި ވާއިރު، 65 އަހަރުން މަތީގެ މީހުންގެ ތެރެއިން 44 އިންސައްތަ މީހުން މި ބަލި ތަހައްމަލު ކުރާ ކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. ހަމައެހެންމެ މި ބަލި ޖެހިގެން ގިނަ ފަހަރަށް ރިޕޯޓް ކޮށްފައި ވަނީ ދަރިން ތިބޭ މީހުން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

އިންސޯމްނިއާގެ ދެ ވައްތަރެއް އުޅެއެވެ. އެއީ އެކިއުޓް އިންސޯމްނިއާއާއި ކްރޯނިކް އިންސޯމްނިއާއެވެ. އެކިއުޓް އިންސޯމްނިއާއަކީ ކުރު މުއްދަތަކަށް ދެމިގެންދާ ބާވަތެވެ. އެކިއުޓް އިންސޯމްނިއާ ގިނަ ފަހަރަށް ޖެހެނީ ދިރިއުޅުމުގެ ހާލަތު ހުންނަ ގޮތަކުންނެވެ. މިސާލަކަށް ފިކުރު ކުރުމުގެ ސަބަބުން ނުވަތަ ކަމަކާ ހާސްވެގެން ނުނިދާ އުޅުމުގެ ސަބަބުން މި ބަލި ޖެހުން އެކަށީގެންވެއެވެ. އަދި އެކިއުޓް އިންސޯމްނިއާއަކީ ގިނަ ބަޔަކު ތަޖުރިބާ ކޮށްފައިވާ، ފަރުވާ ނުހޯދައި ރަނގަޅު ކުރެވޭ ބާވަތެކެވެ.

ކްރޯނިކް އިންސޯމްނިއާއަކީ ދިގު މުއްދަތަށް ދެމިގެންދާ ބާވަތެވެ. މި ބާވަތުގެ އިންސޯމްނިއާ ޖެހުމުން ހަފްތާއަކު މަދުވެގެން ތިން ދުވަހު މިބަލީގެ އުނދަގޫތައް ދިމާވެއެވެ. އަދި މަދުވެގެން ތިން މަސް ވަންދެން މި ބަލި ދިގުދެމިގެން ދެއެވެ. މި ބަލި ޖެހުމަށް އެތައް ބައިވަރު ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި މާހައުލު ބަދަލުވުމާއި، ނުނިދާ ހޭލާ ހުރުމާއި، ޝިފްޓް ޑިއުޓީ މަސައްކަތާއި، ސިއްހީ މައްސަލަތައް ހިމެނެއެވެ. އަދި ބައެއް ބާވަތުގެ ބޭހުން ވެސް މި ބަލީގެ ޝިކާރައަކަށްވުން އެކަށީގެންވެއެވެ. މި ބައްޔަކީ ޑޮކްޓަރެއްގެ ލަފާގެ ދަށުން ފަރުވާއެއް ހޯދައިގެން ރަނގަޅުކުރެވިދާނެ ބައްޔެއް ކަމަށް ސައިންސްވެރިން އިއްތިފާގުވެއެވެ.

Ads by HDC
  1. ކޮން އިމްސޯމޮނިއާއެއް، ފޯނު ބާއްވާފަ ނިދަން އުޅުނީމަ ނިދޭނެ