ޕްރިޔަންކާގެ އާއިލާއިން އޭނާ ކައިވެނި ކުރުވަން ބޭނުންވި މީހާއަކީ މިއީ!

ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އޭ ބުނުމުން އޭނާގެ އިތުރު ތައާރަފެއް ބޭނުމެއް ނުވާނެއެވެ. ބޮލީވުޑާއި ހޮލީވުޑުގައި ވެސް ކާމިޔާބު ބަތަލާ ކައިވެނިކޮށްގެން އުޅެނީ އޭނާއަށް ވުރެ 10 އަހަރު ހަގު މީހަކާއެވެ. އެހެން ނަމަވެސް ހޮލީވުޑްގެ ޕޮޕް އާރޓިސްޓް ނިކް ޖޯނަސް އާއި ޕްރިޔަންކާގެ ޖޯޑަކީ އެންމެ ލޯބި ސެލެބްރިޓީ ޖޯޑުކަމަށް ގިނަބަޔަކު ގަބޫލުކުރާ ޖޯޑެވެ.
ރީތީގެ ރާނީގެ ތާޖު ވެސް ކާމިިޔާބުކޮށްފައިވާ ބަތަލާގެ ކައިވެނި އެންމެ ފުރަތަމަ ކުރުވަން އޭނާގެ އާއިލާއިން މަސައްކަތް ކުރީ ކާކާ ކަން އެނގޭ ހެއްޔެވެ؟

މޯހިޓް ރައިނާ
ޑްރާމާ ސީރީޒް "ދެވަން ކީ ދޭވް..މަހާދޭވް"ގެ އެކްޓަރ މޯހިޓް ރައިނާއާއި ޕްރިޔަންކާގެ ކައިވެނި ކުރުވަން އެންމެ ބޭނުންވީ ޕްރިޔަންކާގެ ބޮޑުދައިތައެވެ. ޕްރިޔަންކާގެ ބޮޑުދައިތައަށް މޯހިޓް ކަމުދިޔައީ އޭނާގެ މަޑުމަައިތިރި ކަމާ ރަނގަޅު އަހްލާގްގެ ސަބަބުންކަމަށް ޒޫމް ޓީވީއަށް ޕްރިޔަންކާ ދިން އިންޓަރވިއުއެއްގައި އޭނާ ބުންޏެވެ.
އެކަމާ ބެހޭ ގޮތުން މޯހިޓްއާ ވާހަކަ ދެއްކުމުން އޭނާ ބުނެފައިވަނީ ޕްރިޔަންކާ އަކީ ސުޕަރ ސްޓާރެއް ކަމަށާއި އޭނާއަކީ އާދައިގެ ޑްރާމާ ސީރީޒް ކުޅޭ މީހެއް ކަމަށާއި މި ހަޔާތުގައި ޕްރިޔަންކާ ނުލިބިއްޖެނަމަ ދެން އޮތް ހަޔާތުގައި ހަމަ ގައިމުވެސް ޕްރިޔަންކާއަކީ އޭނާގެ މީހެއް ކަމަށެވެ. އޭނާއާއި ޕްރިޔަންކާ އަރާ އަރަފޯދިގެން ނުވާކަމަށް މޯހިޓް ވަނީ ބުނެފައެވެ.
ކޮންމެއަކަސް ޕްރިޔަންކާ މިހާރު އެމެރިކާގެ ޕޮޕް ސްޓާ ނިކް ޖޯނަސްއާއި ކައިވެނިކޮށް އެމެރިކާގެ ލޮސް އެންޖެލިސްއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އިރު އޭނާ ފެންނަނީ ވަރަށް ވެސް އުފާވެރި ކޮށްނެވެ.