ދުނިޔެ

ޗައިނާގެ އިތުރު ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯ އިން ދީފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ޗައިނާއިން އުފައްދާފައިވާ އިތުރު ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަދީފިއެވެ.

Ads by Sosun Fihaara

އެމެޖެންސީ ބޭނުމަށް ބޭނުން ކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯއިން ދީފައި ވަނީ ސިނޮވެކް ވެކްސިނަށެވެ. ދެ ޑޯޒް ޖަހަން ޖެހޭ މި ވެކްސިން ޖެހުމުގެ ހުއްދަ ދިންކަން ހާމަ ކުރުމުގެ ގޮތުން ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވެކްސިނެއް ބަލައިގަތުމަށް ދުނިޔޭގައި ގެންގުޅޭ ސްޑޭންޑާޑަށް މި ވެކްސިން ފެތޭ ކަމަށެވެ. އަދި މި ވެކްސިނަކީ ރައްކާތެރި، އަދި ބޭނުން ކުރުން ރަނގަޅު ވެކްސިނެއް ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެއެވެ.

ޑަބްލިޔްއެޗްއޯއިން މިހައިތަނަށް ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރޭގައި، ފައިޒާ، މޮޑާނާ، ޖޯންސްސަންސް&ޖޯންސަންސް، އަދި އިންޑިއާ - ސައުތް ކޮރެއާ - ޔޫރަޕިއަން ޤައުމުތަކުން އުފައްދަމުން އަންނަ އެސްޓްރާޒެނިކާ ވެކްސިން ހިމެނެއެވެ. މީގެ އިތުރުން ޗައިނާއިން އުފައްދަމުން އަންނަ ސިނޮފޯމް ވެކްސިނަށް މެއި މަހު 7 ވަނަ ދުވަހު ވަނީ ހުއްދަ ދީފައެވެ.

ސިނޮވެކް ވެކްސިން ޖެހުމަށް ރަނގަޅީ 18 އަހަރުން މަތީ މީހުންނަށެވެ. އަދި ވެކްސިން ޖެހޭނެ އެންމެ ދޮށީ އުމުރު ފުރާއެއް ކަނޑައެޅިފައެއް ނުވެއެވެ. އަދި ދެ ޑޯޒް ދޭތެރޭގައި ހޭދަކުރަން ކުރަން ޖެހެނީ ދެ ހަފްތާއާއި ހަތަރު ހަފްތާއާ ދެމެދުގެ މުއްދަތެކެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑެޓްރޮސް ވިދާޅުވީ، ޑަބްލިއުއެޗްއޯ އިން މަސައްކަތް ކުރަމުން އަންނަނީ މީހާވެސް އަވަހަށް ވެކްސިންގެ ތަކުގެ ޑާޓާތައް ބަލައި ވެކްސިންގެ ތެރެއިިން ރައްކާތެރި ވެކްސިންތަކަށް ހުއްދަ ދިނުން ކަމަށެވެ. އަދި މިއަދު ހުއްދަ ދެވިގެން ދިިޔަ ސިނޮވެކް ވެކްސިންނަކީ ރައްކާކުރަން ފަސޭހަ ވެކްސިނެއް ކަމުން، ފައިޒާ ފަދަ ވެކްސިން ނުގަނެވޭ ފަޤީރު ޤައުމުތަކުގައި މިވެކްސިން ބޭނުން ކުރެވިގެންދާނެ ކަމަށެވެ. އަދި މިއީ އެންމެންނަށް ވެކްސިން ޖެހުމަށް އެ މުމައްސަސާއިން ގެންގުޅެމުން އަންނަ ވިސްނުމަށް އިތުރުވި ބޮޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް ދުނިޔޭގެ 22 ޓެރިޓޮރީއެއްގައި ސިނޮވެކް ވެކްސިން ބޭނުން ކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!