ޚަބަރު ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް ގޮއްވައިލާނެކަމަށް ބުނި މީހާގެ ބަންދަށް 15 ދުވަސް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފުލުހުން، ދިވެހި ފުލުހުން، ޕޮލިސް
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ. ދެން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލިސް ގޮއްވައިލާނެކަމަށް ބުނެ އިންޒާރު ދިން މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Ads by STELCO

މަޖިލީހުގައި ބޮމެއް ގޮއްވައިލާނެ ކަމަށް ބުނެ، މީސް މީޑިއާގައި އިންޒާރުދީފައި ވަނީ އުމުރުން 28 އަހަރުގެ ފިރިހެނެކެވެ.

އެކަމާ ގުޅިގެން، އޭނާ ހައްޔަރު ކޮށްފައިވަނީ އިއްޔެއެވެ.

މިފަދަ އިންޒާރުތަކާއި ނިރުބަވެރިކަމާ ގުޅުން ހުރި ކަންކަން ފުލުހުން ވަރަށް ސީރިއަސްކޮށް ބަލައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ރޭ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަމަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް ފަހު، ޓެރަރިޒަމްއާއި ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަން ވަނީ ފުޅާކޮށް ވަރުގަދަކޮށްފައެވެ. މިއާ އެކު މާލެއާއި ރާއްޖެތެރޭގައި އެކިއެކި އޮޕަރޭޝަން ހިންގައި މީހުން ހައްޔަރު ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ނިރުބަވެރިކަމާއި ހަރުކަށި ފިކުރަށް ތާއިދުކޮށް މީސްމީޑިޔާގައި އަޑުއުފުލާ އެކަންކަމަށް ހިތްވަރު ލިބޭ ގޮތަށް މީސްމީޑިޔާގައި ވާހަކަދައްކާ މީހުންނާ މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. އަދި މިފަދަ މައްސަލަތައް ސީރިއަސް މައްސަލައިގެ ގޮތުގައި ދަނީ ބަލަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!